ރައީސް ސާލިހުގެ ސަރުކާރުން ހެޔޮވެރިކަމުގެ ލާމަސީލް ދަނީ ކައިރިން ފެންނަމުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ރާއްޖެއަށް ވަނީ އިޖުތިމާއި، އިގުތިސާދީ އަދި އިންގިލާބީ ބޮޑު ބަދަލުތަކެއް ގެނެސްފައިކަމަށެވެ. އަދި ރަށްފުށުގައި ތިބެގެން ސާފު ބޯފެނާއި، ނަޖިހުން ސަލާމަށް ވާނެ ގޮތްތައް ހޯދައިދެމުންދާއިރު ދިގު މާޒީގައި ރާއްޖެ ތެރޭ ރަށްޔިތުން ފެންވަރާ ހެދީ ނަޖިސް ފެނުންކަން ސައުދު ފާހަގަކުރެއްވިއެވެ.



ސައުދު ވިދާޅުވީ ރަށްފުށުގެ ރައްޔިތުންގެ އުޅުނު ދަތި ހާލަތު މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި ސަރުކާރުން އެންމެނަށް ހަމަހަމަކަމާއެކު، ތަފާތުކުރުމެއް ނެތި ހިދުމަތް ދެމުންދާކަންވެސް ސައުދު ފާހަގަކުރެއްވިއެވެ. ސައުދު ސިފަކުރެއްވި ގޮތުގައި ހެއޮ ވެރިކަމުގެ ލާމަސީލް މިދަނީ ކައިރިން ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން