އާރްޓީއެލްގެ ދަށުން މާލޭގައި ދޭން ފަށާފައިވާ މިނީ ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާއިރު ބަހުގައި ފައިސާ މާރުކުރެވެން ނުހުންނާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ޓިކެޓް ނަގާ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގަން އުނދަގޫވާ މީހުންނަށް ބަހުގައި ކަރުދާސް ޓިކެޓް ވިއްކުމުގެ އިތުރުން، އިތުރު ގޮތްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، ބަހުގެ ތެރޭގައި ފައިސާ މާރުކުރެވެން ނުހުންނާނެ ކަމަށާއި، އެހެންކަމުން މާރުކުރަން ނުޖެހޭގޮތަށް ސީދާ 7 ރުފިޔާ ގެންދެވުމަށް ކުންފުނިން ވަނީ އެދިފައެވެ.

މީގެ އިތުރުން، ކަރުދާސް ޓިކެޓް ނަގައިގެން ދަތުރުކުރެވޭނީ ހަމައެކަނި މާލޭގައި ކަމަށާއި، ބަސް ޓާމިނަލްތަކުން މި ޓިކެޓް ލިބެން ނުހުންނާނެ ކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ދަނީ ބަހުގައި އީއެމްވީ ކާޑު ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރުގެ ތެރޭގައި އާރްޓީއެލް ދަތުރުތަކަށް ހާއްސަ ކާޑެއް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މާލޭގައި މި ސަރުކާރުން ފެށި ބަހުގެ ހިދުމަތް މިހާތަނަށް އާންމުންނަށް ފޯރުކޮށްދީފައިވަނީ ފައިސާ ނުނަގާ ހިލެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން