އިބްރާހިމް ފަހީމް   2 އޮކްޓޯބަރު 2022 - 22:47
މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބައްލަވައިލެއްވުމަށް ނާއިބު ރައީސް ފައިޞަލް ނަސީމް އެއޮފީހަށް ޒިޔާރަތް ކުރަށްވައިފިއެވެ.

އިމިގްރޭޝަންގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެމަނިކުފާނު މިއަދު ވަނީ އެ އިދާރާއަށް ވަޑައިގެން އެތަނުގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި، އިމިގްރޭޝަނުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން އޮޅުން ފިލުވާފައިވެއެވެ.

އަދި އެ ތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާއި ބައްދަލު ކުރައްވާ، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އެމަނިކުފާނުވަނީ އަޑުއައްސަވާފައެވެ.

އިމިގްރޭޝަނުން ދޭ ހިދުމަތްތަކަކީ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ތަކުލީފުކުޑަ ގޮތަކަށް ލިބޭ ހިދުމަތްތަކަށް ހެދުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޕާސްޕޯޓާއި ގުޅޭ މަސައްކަތްތައް އޮންލައިން ކުރުންފަދަ ހިދުމަތްތަކަކީ ފާހަގަކޮށްލެވޭ ހިދުމަތްތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން