އިބްރާހިމް ފަހީމް   2 އޮކްޓޯބަރު 2022 - 22:59
ފުލުހަކަށް އިންޒާރު ދިން މައްސައެއްގައި މީހަކު ހޯދަން ފުލުހުންގެ އިދާރާއިން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ، ހޯދަން އިއުލާނު ކޮށްފައިވަނީ، ހުޅުމާލެ ގޯތި ނަންބަރު 11399، އުމުރުން 31 އަހަރުގެ މުޙައްމަދު އަޒުހާން އިސްމާއީލް ކަމަށެވެ. އޭނާ ހޯދަނީ މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރުދިން މައްސަލައިގައެވެ.

އެހެންކަމުން އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

`

ފުލުހުންނަށް އަނިޔާކޮށް އިންޒާރު ދިނުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އާންމުވެފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުނާމެދު ހަރުކަށި ފިޔަވަޅުތައް ވެސް ފުލުހުން ދަނީ އަޅަމުންނެވެ. ދާދިފަހުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލައެއްގައި ވެސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް، ކޯޓު އަމުރަކާއި ނުލާ ހައްޔަރު ކޮށްފައިވާތީ ފުލުހުންނަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން