ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒުހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު 17:45 އެހައިކަންހާއިރު ފެނިފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، އިތުރު މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށެވެ.

ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ހުސްވި މަހުގެ 20 ވަނަ ދުވަހުގެ ރޭ 19:00ހާއިރެވެ.

ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން އަޒުހާން ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓްހައުސަކުން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށް ގޮސް، އެޓަވަރަށް އެރުމަށްފަހު ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އެނބުރި ގޮސްފައިވާ ކަމަށެވެ.

އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އަދި އެންމެފަހުން އަޒުހާން ފެނިފައިވާ ސަރަހައްދު ވެސް ދެނެގަނެވިފައިވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައި ވެއެވެ. އެގޮތުން އެ ސަރަހައްދަކީ ފޭސް އެކެއްގެ "ރެޑްބުލް ދަނޑު" ސަރަހައްދު ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން