ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް، ހުރި ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމުގައި އިތުރު ގޮންޖެހުންތަކެއްވެސް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރުވެސް ތަރައްޤީ ނުކުރެވި އޮތް އޮތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ، ދުރު ރާސްތާގެ ރޭވުމެއްނެތި، ދޫކޮށްފައި ހުރި ތަންތަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ބައެއް ރަށްތަކާއި ފަޅުތައް ދޫކޮށްފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް، އޭސީސީ އިން އަންނަނީ ތަޙުޤީޤު ކުރަމުން." ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ރައީސް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" އިފްތިތާޙްކޮށްދެއްވައި، އެ އެވޯޑް ލިބިވަޑައިގެންނެވި 6 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މިޖަލްސާގައ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެން، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެދުވަހުގައި ކަމަށްވާތީއެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.

 


ކިޔުންތެރިންގެ ހިޔާލު


3

2023

07-Oct-2022

4 އަހަރު ފާއިތުވީ. ދެން ބާކީ އޮތީ 1 އަހަރު.. ކަމެއް ކުރަންޏާ ކުރާހާ ދުވަސް ވެއްޖެ މިހާރު ދޮގެއްތޯ???


-2

އަހުމަދު

07-Oct-2022

ވެންޓިލޭޓަރުތަކައް ވީގޮތެއް ނުބެލުނު ބަޔަކަށް ބެލޭނެ އިތުރު ކަމެއް ނޯންނާނެ. އަނގައެއް އޮވެފައި ވޯޓެއް ކުރިމަތިވަމުން އަންނާތީ ކޮންމެ އެއްޗެކޭ ވެސް ކިއިދާނެ.



ޓްރެންޑިން