ދިވެހިރާއްޖޭން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު، ރައީސް އޮފީހުން އަލުން އާންމުކޮށްފި އެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އެންމެ ފަހުން ރައީސް އޮފީހުން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ، ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އެކުލަވާލައި އާންމުކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށެެވެ.

މި ލިސްޓްގައި ޓެރަރިސްޓް ޖަމާއަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ހިމެނޭ ގޮތުން މުރާޖައާކުރަންޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެެވެ.

މިއަދު އާންމުކުރި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.

- އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިޔާ (އައިސިސް / އައި.އެސް.އައި.އެލް / އައި.އެސް.އައި / ޑީ.އޭ.އައި.އެސް.އެޗް)

- އަލްގައިދާ

- ޖަބްހަތު އަލް-ނުސްރާ

- ލަޝްކަރޭ ތައިބާ

- އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ

- އަލްގައިދާ އިން ދި އިސްލާމިކް މަޣްރިބް

- އަބޫ ސައްޔާފް ގްރޫޕް

- ބޮކޮ ހަރަމް / ބޯކޯ ހަރަމް

- އަލް ޝަބާބް

- އަލްގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

- ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)

- ހަރަކާތުލް ޖިހާދު އަލް އިސްލާމީ

- ޖައިޝޭ މުހައްމަދު

- އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ލާވަންޓް – ހުރާސަން - ޕްރޮވިންސް (ވިލާޔާ ހުރާސަން)

- ނެޝަނަލް ތައުހީދު ޖަމާއަތް

- ޖަމާއަތު މިއްލަތޭ އިބްރާހީމް

- ވިލާޔަތް އަލް ސޭލާނީ

- ހައިއަތު ތަހްރީން އަލް ޝާމް

- ހުއްރާސް އައް ދިން

ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި ލިސްޓްގައި ވެސް ހިމެނެނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރައީސް އޮފީހުން އެކުލަވާލި ލިސްޓްގައި ހިމެނޭ ޖަމާއަތްތައްކަން ފާހަަގަކޮށްލެވެއެވެ.

ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ރައީސް އޮފީހުން މީގެ ކުރިން ވަނީ ކަނޑައަޅާފައެެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހުކޮށް ގެޒެޓްކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާންމުކުރައްވާ ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާއެކު ބަލަހައްޓަނީ ދިވެހި ސިފައިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން