ބާ އިމްތިހާނުގައި ބައިވެރިވުމުގެ މުއްދަތު ބާ ކައުންސިލުން އިތުރުކޮށްފިއެވެ.

ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިމްތިހާނުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މާދަމާ ދަންވަރު 00:00 އާއި ހަމައަށް ކަމަށެވެ.

މި ފުރުސަތު އިތުރުކޮށްފައިވަނީ، ބާ އިމްތިހާނުގައި ރަޖިސްޓަރީވުމަށް މީގެ ކުރިން ހުޅުވާލެވުނު ފުރުސަތުގައި މަގުބޫލު ސަބަބެއް އޮވެގެން ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކަށް ކަމަށް ބާ ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.

ބާ އިމްތިހާނު ބާއްވަން ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އިމްތިޙާނުގެ ފީއަކީ 6500 ރުފިޔާއެވެ.

މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބާ އިމްތިޙާނުގެ ފީ ދައްކަން ޖެހޭނެކަމަށް ބާ ކައުންސިލުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން