ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ޤާއިމު ކުރަމުންދާ އެއަރޕޯޓުތަކަކީ ފަތުރުވެރިކަން ކުރިއަށް ގެންދިޔުމަށް އެޅޭ ހެޔޮ ފިޔަވަޅަކަށް ވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޤާސިމް އިބްރާހިމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށްޓަކައި އެކި ކަންކޮޅުތަކުގައި މިހާރު ޤާއިމު ކުރަމުންދާ އެއަރޕޯޓުތަކަކީ ހެޔޮ ފިޔަވަޅަކަށް ވާނެކަމަށެވެ. ގާސިމް ވިދާޅުވީ، އެކި ސަރަޙައްދުތަކުގައި ޤާއިމު ކުރަމުންދާ އެއާޕޯޓުތަކުގެ ސަބަބުން ފަތުރުވެރިންގެ އިތުރުން ދިވެހިންނަށް ވެސް އޭގެ މަންފާ އެތައް ގޮތަކުން ކުރާނެ ކަމަށެވެ. އެހެންނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އެއާޕޯޓުތައް އަދި އޮޮޕަރޭޓު ނުކުރެވޭ ކަމަށް ގާސިމް މިއަދު ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރި ފަހުން 50 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުން 20 މިނެޓާއި 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން ކަމަށެވެ. އަދި މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްޤީ މިހާރު ލޯމައްޗަށް ފާޅުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހަނިމާދޫ އެއާޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނެވުމުގެ މަސައްކަތް ކުރަމުންދާއިރު އައްޑޫ ގަން އެއާޕޯޓްގެ ފެންވަރު މަތިކުރަމުން އަދި ހުވަދުއަތޮޅަށް ވެސް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


2

ތޮއިލާ

07-Oct-2022

އަނެއްކާ އަނެއް ރަށް ބަކަރި ބަނޑުއަޅާލަން ބޭނުންވީ ދޯ ހިދުމަތް ނުދެވުނަސް.


0

ތޮއިލާ

07-Oct-2022

އަނެއްކާ އަނެއް ރަށް ބަކަރި ބަނޑުއަޅާލަން ބޭނުންވީ ދޯ ހިދުމަތް ނުދެވުނަސް.



ޓްރެންޑިން