ދިވެހިން ރޭޑިއޯގްރަފީގެ ދާއިރާއަށް ތަމްރީންކުރުމަށް އެސްޓީއޯގެ ހަރަދުގައި ރޭޑިއޯގްރަފީ ކޯހެއް އިފްތިތާހުކޮށްފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރޭޑިއޯގްރަފީއަށް ދިވެހިން ތަމްރީނުކުރުމުގެ ކޯސް އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.
އެސްޓީއޯއިން ބުނީ އެ ކޯސް ކުރިއަށް ގެންދަނީ ޖެނެރަލް އިލެކްޓްރޯނިކް (ޖީއީ) ހެލްތު ކެއާއާއި ރާއްޖޭގެ ހެލްތު މިނިސްޓްރީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ގުޅިގެންކަމަށެވެ. އަދި މި ކޯހަށް ހުޅުވައިލުމާއެކު 90 އަށް ވުރެ ގިނަ ދިވެހިން ކުރިމަތިލި ކަމަށާއި ނަމަވެސް ފުރަތަމަ ބެޗަށް ހޮވީ 25 ބައިވެރިންކަމަށް އެސްޓީއޯއިން ބުނެއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެސްޓީއޯގެ ހަރަދުގައި އެ ކޯސް ފުރިހަމަކުރާ ބައިވެރިންނަށް ސްކޮލަޝިޕް ހަވާލުކޮށްފައެވެ. މި ސްކޮލަޝިޕްގެ ދަށުން ކޯހުގެ ފީ އާއި ޕޮކެޓް މަނީ ދޭނެއެވެ.
ދެ އަހަރާއި 6 މަސް ދުވަހުގެ އެ ކޯސް ފުރިހަމަކުރާއިރު 6 މަސް ދުވަހުގެ އިންޓާންޝިޕެއް އޮންނާނެއެވެ.
ރާއްޖޭގައި މިހާރު ވެސް 150 އަށް ވުރެ ގިނަ ރޭޑިއޯގްރާފަރުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެސްޓީއޯއިން ބުނީ ރޭޑިއޯގްރަފީ ކޯސް ތައާރަފުކުރީ މުސާރަ ރަނގަޅު، ދިވެހިން ގަޔާވާނެ މުހިންމު ދާއިރާއަކަށް އެދާއިރާވާތީ ރޭޑިއޯގްރަފީ ދާއިރާއިން ގިނަ ދިވެހިން ތަމްރީންކުރުމަށް ކަމަށެވެ.
ރޭޑިއޯގްރަފީ ކޯސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ޓްރޭނިން އިންސްޓިޓިއުޓްގެ ލޯގޯވެސް ވަނީ އިފުތިތާހުކޮށްފައެވެ.

We are pleased to unveil the official logo for STO Training Institute. An internal staff competition was held to design the logo. The winner was awarded cash prize and certificate. Congratulations Reesha Rasheed! pic.twitter.com/IYZYbfl1Xw
— STO (@stoplc) October 6, 2022
ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެސްޓީއޯގެ ހަރަދުގައި އެ ކޯސް ފުރިހަމަކުރާ ބައިވެރިންނަށް ސްކޮލަޝިޕް ހަވާލުކޮށްފައެވެ. މި ސްކޮލަޝިޕްގެ ދަށުން ކޯހުގެ ފީ އާއި ޕޮކެޓް މަނީ ދޭނެއެވެ.
ދެ އަހަރާއި 6 މަސް ދުވަހުގެ އެ ކޯސް ފުރިހަމަކުރާއިރު 6 މަސް ދުވަހުގެ އިންޓާންޝިޕެއް އޮންނާނެއެވެ.
ރާއްޖޭގައި މިހާރު ވެސް 150 އަށް ވުރެ ގިނަ ރޭޑިއޯގްރާފަރުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އެސްޓީއޯއިން ބުނީ ރޭޑިއޯގްރަފީ ކޯސް ތައާރަފުކުރީ މުސާރަ ރަނގަޅު، ދިވެހިން ގަޔާވާނެ މުހިންމު ދާއިރާއަކަށް އެދާއިރާވާތީ ރޭޑިއޯގްރަފީ ދާއިރާއިން ގިނަ ދިވެހިން ތަމްރީންކުރުމަށް ކަމަށެވެ.
ރޭޑިއޯގްރަފީ ކޯސް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ޓްރޭނިން އިންސްޓިޓިއުޓްގެ ލޯގޯވެސް ވަނީ އިފުތިތާހުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު