އަންނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ރ. އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފިީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ އަންނަ ހަފްތާ ބަންދުގައި ނާއިބުރައީސް ރ. އިނގުރައިދޫ، ވަންދޫ، އިންނަމާދޫ، މާކުރަތު، ދުވާފަރު އަދި އުނގޫފާރަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިދަތުރުފުޅުގައި ނައިބުރައީސް ދުވާފަރުގައި އޮންނަ ރ. އަތޮޅު ޓޫރިޒަމް އެކްސްޕޯގައި އެވޯޑު ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ނައިބުރައީސްގެ މިދަތުރުފުޅުގައި އެރަށްތަކުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ބައެއް އިދރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން