ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި ގުޅުވައި ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއްކަމަށް ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިއަދު ވިދާޅުވީ، އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖޭން ބޭރުކުރި މައްސަލައާއި ގުޅުވައި ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އަދި ޖީއެމްއާރުގެ މައްސަލާގައި ކަން ހިނގާދިޔަގޮތް އޮޅުވާނުލެއްވުމަށް ރައީސް ޔާމީން އަރިހުން އިލްހާމް އެދިވަޑައިގެންނެވޖ އެވެ.

އިލްހާމް މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި، ޖީއެމްއާރަށް ރާއްޖޭގެ މައި އެއަރޕޯޓު ދިން މައްސަލައާއި ގުޅުވައިގެން ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ފަދަ ދައުލަތުގެ ހަރުމުދާ ވިއްކަމުން ދާތީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ހަރުމުދާ ނުވިއްކޭ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ފާސްކުރިއިރު، ގިނަ ސިޔާސީ ލީޑަރުން ވެސް ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން އެއްބަސްވި ކަމަށެވެ.

ނަމަވެސް، ޖީއެމްއާރު އެގްރީމެންޓް ނުވަތަ ހަރުމުދާ ވިއްކުން ހުއްޓުވަން ގާނޫނަށް އިސްލާހު ގެނައިއިރު އޭރުގެ އިދިކޮޅު ލީޑަރުން ތިބީ އެއް އޮޑިއެއްގައި ކަމަށާއި ޤާސިމް، ޔާމީން، ޙަސަން ސައީދު އަދި ތަސްމީނު ވެސް ހުންނެވީ އެއްކޮޅަށް ކަމަށެވެ. އެކަމަކު، ރައީސް ވަހީދު އެކަމުގެ މަޝްވަރާއަށް ލީޑަރުން އެއްކުރެއްވިއިރު ބައެއް ބޭފުޅުންގެ ހިޔާލު މުޅިން ތަފާތުވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރޭ ރައީސް ޔާމީން ވަނީ، އެފަދަ ކަންކަމުގައި އެންމެ ރަނގަޅަށް ކަން ކުރަންވީގޮތް އެނގޭނީ ވެރިއަކަށް ހުންނަ މީހަކަށް ކަމަށާއި ކަންތައްތައް ވާނެގޮތާއި ބޭރު ގައުމަކާއިއެކު އޮންނަ ގުޅުމަށް ވާނެގޮތްވެސް އެނގޭނީ ވެރިމީހާއަށް ކަމަށް ވިދާޅުވެ ޤާސިމްވެސް އެކަމުގައި ފަހުން ހިޔާލު ބަދަލުވި މޭރުމަކުން ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

މޫސާހަލީލު ކެތި

08-Oct-2022

ބަލަ އިލްހާމު ބުރުމާ ގާސިމަކީ ޖަވާހިރެއް ކަމައް ކަލެޔައް ހީވިޔަސް މިގައުމުގެ ރައްޔިތުންނައް އެނގޭ ބުރުމާގާސި މަކީ މޫސާގެފާނުގެ ޒަމާނުގެ ފިރު އައުނުގެ ކާރީ އުޅުނު ގާރޫނު ކަމައް ހެދިގެން މިގައުމު ދަވާލަން އެކިގޮއްގޮތައް ތެލޭ އައްދާރެއްކަން ވަރައް ސާފު ކަލެޔައް އޭނާ ޖަވާހިރަކައްވެދާނެތާ އިންޖީނު ދޯނިތަކާ އެއްޗެހި އޭނާ އަތުން ކައްވާލައިގެން ވްޔާ ކަލޭތިހިރީ ދެފުށައް ކެނޑޭ އިލްހާމު


5

މޫސާހަލީލު ކެތި

08-Oct-2022

ބަލަ އިލްހާމު ބުރުމާ ގާސިމަކީ ޖަވާހިރެއް ކަމައް ކަލެޔައް ހީވިޔަސް މިގައުމުގެ ރައްޔިތުންނައް އެނގޭ ބުރުމާގާސި މަކީ މޫސާގެފާނުގެ ޒަމާނުގެ ފިރު އައުނުގެ ކާރީ އުޅުނު ގާރޫނު ކަމައް ހެދިގެން މިގައުމު ދަވާލަން އެކިގޮއްގޮތައް ތެލޭ އައްދާރެއްކަން ވަރައް ސާފު ކަލެޔައް އޭނާ ޖަވާހިރަކައްވެދާނެތާ އިންޖީނު ދޯނިތަކާ އެއްޗެހި އޭނާ އަތުން ކައްވާލައިގެން ވްޔާ ކަލޭތިހިރީ ދެފުށައް ކެނޑޭ އިލްހާމު


-2

ޙަލިސު

08-Oct-2022

ހާދަހާ ބޮޑަށް ގާއިމްވެގެން މިސޮރު މިއުޅެނީ މިސޮރު ޔާމީނާއެކު އުޅުނުއިރު ޔާމީނު ބާރެއްނެތް. ދ ހުސް ދެފުއްކެހެރިން


8

ޙަލިސު

08-Oct-2022

ހާދަހާ ބޮޑަށް ގާއިމްވެގެން މިސޮރު މިއުޅެނީ މިސޮރު ޔާމީނާއެކު އުޅުނުއިރު ޔާމީނު ބާރެއްނެތް. ދ ހުސް ދެފުއްކެހެރިން


5

އަލީ ބިން ޔޫސުފް

08-Oct-2022

ޔާމީން ތެދުފުޅެއް ހެއްދެވީ ކޮންދުވަހަކު ހެއްޔެވެ?


6

ވާވާ

08-Oct-2022

ގާސިމު މިހާރު ގުޅިވަޑައިގެން އުޅުއްވަނީއެމްޑީޕީ އާއޭ ރޔާމީން ވިދާޅުވިއަސް ހަމަ އިލްހާމު އެވާހަކަވެސް ދޮގުކުރާނެކަން ޔަގީން , އެއީ އެމީހުން އެ ތިބީ ފާޑެއްގެ މަސްތީ ހާލަތެއްގާ ހުރިހާ ކަމެއްވެސް ޖަމާވެފާ އެވަނީ ފައިސާއާ, ރޔާމީން ސަރުކާރު ވައްޓާލަން އުޅުނު ބަޔަކު ދެން ރޔާމީނާ ބެހޭގޮތުން ތެދެއް ބުނާނެތަ? އެހެންނޫނަސް ތީދެން ބޭކާރު ބައެއްކަން ކުރާކަށް ނުކުރާކަށް ވަކި ކަމެއް ނޯންނާނެކަން މި ގައުމުގެގިނަ ރައިއްޔަތުން ގަބޫކުރޭ.


5

ދުރުވިސްނާ

08-Oct-2022

ޖޭޕީ ކުދިން މިހާވަރަށް ތެޅިފޮޅެންފެށީމާ ޔަގީންވާ ކަމަކީ، ރައީސް ޔާމީން އެވިދާޅުވީ އަސްލެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ހަގީގީ ވާހަކައެއްކަން. ޝައްކެއްވެސްނެތް.



ޓްރެންޑިން