ރާއްޖޭގައި ޖަހަމުންދާ ކޮވިޑް ވެކްސިނާއި ކުއްލި މަރުތަކާއި ގުޅުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްެޖެއެވެ.

ފަހަކަށް އައިސް ކުއްލި އަކަށް މަރުވާ މީހުން, ހާއްސަކޮށް އެފަދަ ޒުވާނުންގެ އަދަދު އިތުރުވެފައިވާތީއާއި އަދި އެކަމާ ކޮވިޑް ވެކްސިނާ ގުޅުން އޮތް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ މައްސަލައިގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ، ކޮވިޑް ވެެކްސިނާއި ކުއްލި މަރުތަކާއި ގުޅުމެއްވާ ކަމަށް ބޭރުގެ އިތުބާރު ހުރި އެއްވެސް ފަރާތަކުން އެނގިފައިނުވާކަމަށެެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް އެފަދަ ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

"ދުނިޔޭގެ ނަން މަޝްހޫރު ޑޮކްޓަރުން، ރެޕިއުޓެބަލް ޔުނިވާސިޓީތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުމެއް ވެސް ފާޅުކޮށްފައެއް ނުވޭ. ދެން ދިރާސާތަކެއް އެކަން ކަމާ ގުޅޭ ގޮތުން ކުރަން ނުޖެހޭ ވާހަކައެއް ނޫން. ވެކްސިންއާ މިކަން ކަމާ ގުޅުވުމަކީ އަޅުގަނޑަކަށް ހިއެއް ނުވޭ އެހާ ރަނގަޅުކަމެއް ހެނެއް." މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މަރުތަކާ ގުޅޭ ގޮތުން ދިރާސާތަކެއް ކުރަން ޖެހޭނަމަ އެ ދިރާސާތައް ކަމާ ބެހޭ ފަރާތްތަކުން ކުރާނެ ކަމަށެެވެ.

ވެކްސިނާ މަރުތަކާ ގުޅުމެއް ނެތް ކަމަށް މިއުވާން ވިދާޅުވެފައިވާއިރު މަރުތަކާއި ވެކްސިނާ ގުޅުމެއް ހުރި ކަމަށް ބުނެ ސިވިލް ކޯޓަށް މިހާރު ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ރާއްޖޭގެ ގިނަ ބަޔަކު މިހާރު ވަނީ ޖަހާފައެެވެ. ތިން ވަނަ ޑޯޒް 37 ޕަސެންޓް މީހުން ޖަހާފައިވާއިރު ހަތަރު ވަނަ ޑޯޒް އެއް ޕަސެންޓް މީހުން ވެސް ނުޖަހާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޝިފާން އަޙްމަދު

24-Feb-2023

ދުނިޔޭގެ ނަން މަޝްހޫރު ފުންނާބު އުސް އެތައް ސަތޭކަ ޑޮކްޓަރުން މި ވެކްސިން ޖެހުން ނުރައްކާތެރި ކަމަށް ބުނެ ހުއްޓާލުމަށް ގޮވާލާފައިވާ ލިޔުންތައް ވީޑިއޯތައް މިއުވާން އަށް ފެނިވަޑައިގެންފައި ނުވުމަކީ އަޖައިބެއް! އިއްޔެ ފްލޮރިޑާގެ ސަރޖަން ޖެނަރަލް އެ ހާމަކުރީ %84 ޒުވާނުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވުން އެކަށީގެންވާތީ ނުޖެހުމަށް އިލްތިމާސްކުރާ ވާހަކަ. މި ދައްކަނީ ތަހުލީލީ މަރުހަލާގެ ވެކްސިނެއް ޖަހައިގެން ދިވެހިންތަކެއް ޒުވާން އުމުރުގައި މަރުވާ ވާހަކަ ވިއްޔާ!



ޓްރެންޑިން