ބ. އަތޮޅު ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވުމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު އެ ރަށަށް ވަޑައިގަންނަވައިފިއެވެ.

ޝާހުގެ މި ދަތުރުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓްގެ ޓީމަކުންވެސް ބައިވެރިވެއެވެ. މި ދަތުރުގައި ބ.އަތޮޅު ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ބައްލަވާލައްވާނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކެންދޫގައި ކުރިއަށްދާ މަޝްރޫޢުގެ ދަށުން އާރުއޯ ފެސިލިޓީއާއި، ޓޭންކުތަކުގެ ފައުންޑޭޝަނާއި ބޯ ހޯލް ތޮރުފުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ބ.އަތޮޅު ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ މޭމަހުއެވެ.



މި މަސައްކަތުގެ ތެރެއިން އެރަށުގައި 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކްއެއް ޤާއިމް ކުރާނެއެވެ.

މި މަސްރޫއުގެ ދަށުން ފެންފޯރުކޮށްދިނުމަށް ހަދާ އާރުއޯޕްލާންޓް ބަހައްޓާ އިމާރާތް މިހާރު ނިމުމަކާ ގާތްވެފައިވައިރު، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ އެއިން އުފައްދާ ފެން ރައްކާކުރުމަށް 3 ތާންގީ ބަހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

މިރަށުގައި 4.88 ނަރުދަމާ ނެޓްވޯކެ ޤާއިމްކޮށް556 މީޓަރުގެ ޕަންޕިން ލައިންއެއް އަޅާ 2 ޕަންޕް ސްޓޭޝަނާ 1 ސީ އައުޓްފޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ކެންދޫ ފެނާ ނަރުދަމާގެ މަސްރޫއުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 56.24 މިލިއަން ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު