ފްލައި ދުބާއީން ސީދާ ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމަށް ނިންމައިފި އެވެ.
ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީ އިން ބުނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދުބާއީ އިން ގަމަށް ހަފުތާގެ ކޮންމެ ދުވަހަކު ސީދާ ފްލައިޓްތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
ފްލައި ދުބާއީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2013 ވަނަ އަހަރު އެވެ.
ފްލައި ދުބާއީން އައްޑޫއަށް އިކޮނޮމީ ކުލާހުގައި ދެކޮޅު ޓިކެޓްގެ އަގަކީ 550 ޑޮލަރެވެ. ބިޒްނަސް ކުލާސް ދެކޮޅު ޓިކެޓްގެ އަގަކީ 1،600 ޑޮލަރެވެ.
މިވަގުތު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގްވާމީ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން އެއާލައިންސް އެވެ.

ކިޔުންތެރިންގެ ހިޔާލު