ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލައް ސިޓީގެ އިބަމަ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި އިބަމަ މެންބަރުން ވަނީ ފުވައްމުލައް ސިޓީގެ އިބަމައިން ކުރަމުންއަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައި ކަމަށެވެ. އަދި އިބަމައިގެ މަސައްކަތްތައް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކުގެ މައްޗަށް މެންބަރުންގެ ވާހަކައިގައި އަލިއަޅުވާލައްވާފައިވެއެވެ.
އެގޮތުން އިބަމަ އުފެއްދުމާއެކު މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ކުރިން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުލިބި، އެފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބި، މުއައްސަސާތައް ގުޅިގެން އަވަސް ޙައްލު ގެނައުމަށް މަގުފަހިވެފައިވާކަން އެބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
"މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި އިބަމައިގެ މަސައްކަތްތަކުން އުންމީދެއް ލިބިއްޖެ ކަމަށާއި ވަކިވަކި އިދާރާތަކުން މީގެ ކުރިން ކުރަން ބޭނުންވެ ނުކުރެވި ހުރި އެތައް ކަމެއް އިބަމައިގެ ތެރެއިން އިދާރާތަކުގެ ގުޅުމުގެ ތެރެއިން ކުރެވިގެންދާތަން ފެނިވަޑައިގަަތުމުން އުފާކުރައްވާކަމުގައި ވިދާޅުވިއެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުހައްމަދު ދީދީގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިބަމައަކީ ދިވެހި މުޖުތަމަޢުގައި އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެންމެހާ ހިއްސާވާ ފަރާތްތައް ގުޅިގެން ވަށާޖެހޭގޮތެއްގައި، މާލެ ސިޓީ ފިޔަވައި، ދިވެހިރާއްޖޭގެ މީހުންއުޅޭ ރަށްރަށުގައްޔާއި ސިޓީތަކުގައި އެކުލަވާލާ މަދަދުވެރިންގެ ޓީމުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު