ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މާލީ ޙާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޯވިޑަށް ފަހުގައި ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވެ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށް އަމީރު ވިދާޅުވިއެވެެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ހިލޭ އެހީ އާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުންވެސް ހިމެނޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އަންނަނީ ރަނގަޅު ވަމުން ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ޙާލަތު ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ، ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށާއި ލޯނުތައް އަނބުރާ ދެއްކުމާއި ގުޅޭ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި މެދު ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށްވެސް މިނިސްޓަރ އަމީރު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ އަމީރު ވަނީ، ރާއްޖޭގެ އިޤުތިޞާދީ ހާލަތު ވަރަށް ތަފްޞީލީގޮތެއްގައި ބަޔާންކޮށްދެއްވައި، އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުންތަކާއި، ދައުލަތަށް ލިބޭ އާމްދަނީ އާއި މެދުރާސްތާ އަދި ދުރު ރާސްތާ ޕްލޭންތަކާއި ގުޅޭ، ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާއި ޙިއްޞާކުރައްވާފައެވެ.
އިތުރަށް ވާހަަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓްގައި ފާހަގަކޮށްފައިވާ އަދަދަށް އަހަރު ނިމޭއިރު ރިޒާވްގައި ފައިސާ ހުންނާނެ ކަމަށެވެ. އަމީރު ވިދާޅުވީ އަންދާޒާކުރި ވަރަށްވުރެ ބާރަށް ރިޒާވް ދަށްވާ ކަމަށާއި އެކަން އެގޮތަށް ދިމާވީ ރާއްޖެއަށް އެކަނި ނޫން ކަމަށެެވެ.
އަމީރު ވަނީ ރިޒާވަށް އަންނަ ލޮޅުންތައް މިޓިގޭޓް ކުރެވޭނެކަމުގެ ޔަގީން ވެސް ދެއްވާފައެވެ. އެގޮތުން ރާއްޖޭގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮފްޓް ފެސިލިޓީއަކާއި ސާކް އެރޭންޖްމަންޓްގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ [އެމްއެމްއޭ]އާ އެކު 200 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް އޮތް ކަން އަމީރު ވަނީ ފާހަގަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު