އޮގަސްޓްމަހުގެ 6 ވަނަ ދުވަހުގެ ރޭ ހެންވޭރު ޝީރީންވިލާގައި ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުޙައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ޢަލީ ޝާހިލްގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި އެބަހުރިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުވި ފަހުންވެސް ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލަދިންކަން ޕޯސްޓްމޯޓަމްގެ ރިޕޯޓުން އެނގޭކަމަށެވެ.

ފުލުހުން ބުނީ ހ. ޝީރީންވިލާގޭގެ އެޕާޓްމަންޓެއްގައި އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ޝިއާއު މަރުވެފައި ވަނީ ހަށިގަނޑަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށާއި އެނާގެ ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާކަމަށެވެ.

ފުލުހުން ބުނީ ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ޝާހިލްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށާއި މަރައިލި ގޮތުގެ ތަފުސީލު ވެސް އެބަހުރި ކަމަށެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި އުފުލާނެކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ޝިއާއު މަރާލި ސަބަބެއް އަދިވެސް ހޯދިފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި ތަހުގީގަށް ޝާހިލް މާގިނަ ވާހަކަތަކެއް ކިޔައިނުދޭކަމަށްވެސް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު