މުސާރަބޮޑުވެގެން ބަޔަކު ނަޒާޙަތްތެރިވާނަމަ ކުރީގެ ނާއިބުރައީސުން އެމީހުންގެ ވެރިންނަށް ނަޒާޙަތްތެރިވީސް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ޙުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގެ ބިލަށް ބަހުސް ކުރަށްވަމުން މެންބަރު އަނދުން ޙުސައިން ވިދާޅުވީ ނަޒާޙަތްތެރިކަމަކީ ފައިސާގެ މައްޗަށް ނުވަތަ ފޯރުކޮށްދޭ އެހެނިހެން އިނާޔަތަކުން އަށަގަންނަ ސިފައެއް ނޫން ކަމަށެވެ.
މެންބަރު އަނދުން ޙުސައިން ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބުރައީސުންނަކީ އެކަމުގެ ދިރިހުރި މިސާލުތައް ކަމަށެވެ. އެގޮތުން ކުރީގެ ވެރިން ދަޢުލަތުގެ އެތައް މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެ އަމިއްލަ ގެދޮރު ބުރިބުރިއަށް ހެދި މައްސަލަތައް ކޯޓުގައި ހިނގަމުންދާކަމަށް ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން ނަޒާހަތްތެރިކަމަކީ މުސާރަ ބޮޑުކުރުމާއި ފަސޭހަކަމާއެކު ދިރިއުޅެވޭނޭ ގޮތް ހަދައިދީގެން އިތުރުވާއެއްޗެއް ނޫން ކަމަށް މެންބަރު އަނދުން ޙުސައިން ވިދާޅުވިއެވެ.
"މުސާރަ ބޮޑުވެގެން ދަޢުލަތުން ކަނޑިޔާ ބަޑިޔާ ސެކިއުރިޓީ ފޯރުކޮށްދީގެން ދަޢުލަތުގެ ގޭގައި ބަހައްޓައިގެން މޮޓޮކޭޑުގައި ގެންގުޅުނީމާވެސް ނަޒާޙަތްތެރިކަމަށް އައި އެއްވެސް ހެޔޮ ބަދަލެއްނެތް." އަނދުން ޙުސައިން ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ބިލުގެ ބަހުސްގައި އަނދުން ޙުސައިން ވިދާޅުވީ އެންމެ މުހިންމު ކަމަކީ ފަނޑިޔާރުންނަށް ވަޒީފާގެ ކަށަވަރުކަން އޮތުން ކަމަށެވެ. އަދި ފަނޑިޔާރުންނަށް ޖަވާބުދާރީވެވޭނެ ރަނގަޅު ނިޒާމެއްވެސް އޮންނަންވާނެ ކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ. އަދި ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ފަނޑިޔާރުން މަޤާމުން ވަކިކުރެވިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ,
ސަރުކާރުން ފަނޑިޔާރުންގެ ޤާނޫނަށް ހުށައަޅުއްވާފައިވާ އިސްލާޙުގެތެރޭގައި ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަދި ޑިޕްލޮމާއެއް އޮތް ފަރާތްތަކަށްވުން ވަނީ ހިމަނާފައެވެ.
އޭގެއިތުރުން ފަނޑިޔާރުންނަށް އިތުރު މާލީ އިނާޔަތްތައް ދިނުމާއި ޢާމްދަނީ ހޯދޭނެ އިތުރު މަސައްކަތްތައް ކުރެވޭގޮތަށް ސަރުކާރުން އިސްލާޙު ހުށައަޅުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު