އަމީނީމަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތް ތަކުގެ ތެރެއިން ސެގްމެންޓް 1ގެ ފެނާއި ނަރުދަމާ އަދި ކޭބަލްޓްރޭގެ މަސައްކަތް ނިންމާލައިފިއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްދާއިރު ފުރަތަމަ ސެގްމަންޓްގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ.

ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އާރުޑީސީން ބުނީ އަމީނީމަގު ސެގްމެންޓް 1 ގެ ފެނާ ނަރުދަމާ އަދި ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ނިންމާލެވިފައިކަމަށެވެ. އަދި މިހާރު ކުރިއަށްދާ ސްޓޯމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތުގެ 90 ޕަސަންޓް މަސައްކަތްވެސް ނިމިފައިވާކަމަށް އާރުޑީސީން ބުނެއެވެ.



ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ ހެންވޭރު ސަރަޙައްދުން ބޮޑުތަކުރުފާނުމަގާއި އަމީނީމަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މިމަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މި މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު