ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އިންޑިއާގެ ދެ މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެެވެ.
މިދިޔަ މަހު މި 2 މީހުން އެއަރޕޯޓުން ހައްޔަރުކުރީ އެއާޕޯޓު ތެރެއަށް ދޫކޮށްލާފައި އޮތް ލަގެޖެއް ބަލައި ފާސްކުރިއިރު، އެ ދަބަހުގައި އޮތް ގަމީހަކުން ބަޓަން ކެމެރާއެއް ފެނިގެނެވެ.
މި މައްސަލައިގައި އޭރު ހައްޔަރުކުރީ 26 އަހަރުގެ މޯޑް އޮވައިސް އަދި ގޮގްޑާ ހާރޫން ނަމަކަށް ކިޔާ 41 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުން ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ މައްސަލަ ތަހުގީގުކުރިއިރު އެ ދެ މީހުންގެ މައްޗަށް ޖިނާއީ ތުހުމަތެއް އުފުލޭ ވަރަށް ހެއްކާއި ގަރީނާ ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ނިންމާފައެވެ.
އެމީޙުންގެ މައްޗަށް ދައުވާކުރާނެ ތަނެއް ނެތުމުން މިދިޔަ މަހުގެ 8 ވަނަ ދުވަހު ބަންދުން ދޫކޮށްލައި، ޖެހިގެން އައި ދުވަހު އެ މީހުން ރާއްޖެއިން ފޮނުވާލާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު