ރާއްޖޭގައި މިހާރު ނަގަމުންދާ ޓެކްސްތައް ބޮޑުކޮށްފިނަމަ، ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ނަގަމުންދާ ޓީޖީއެސްޓީއާއި ޖީއެސްޓީގެ މިންވަރު ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ޝަރީފް މިއަދު ވިދާޅުވީ، ޓެކްސް ބޮޑުކޮށްފިނަމަ ޕްރައިވެޓް ސެކްޓަރގެ ގިނަ ވަޒީފާތަކެއް ގެއްލޭނެ ކަމަށާއި އޭގެ ސަބަބުން ވަޒީފާނެތް ދިވެހިން އިތުރުވެގެން ދާނެކަމަށެވެ. އަދި ޓެކްސް ބޮޑުކޮށްފިނަމަ ވިޔަފާރިތައް އިނދަޖެހެމުންދާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ޓެކްސް ބޮޑުކުރަންވާނީ ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ ލިބޭ އާމްދަނީ އިތުރުވާނަމަ ކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހާއިމެދު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުންގެ ޚިޔާލު ދެކަފިވެފައިވާ ކަމަށް ބައެއްފަރާތްތަކުން ބުނި ނަމަވެސް މިކަމުގައިވެސް ޚިޔާލު ތަފާތުވެގެން އުޅެނީ އެޕާޓީގެ ސަރުކާރާއި ދެކޮޅު ފިކުރުގެ ފެކްޝަންގެ މަދު ބައެއްގެ މެދުގައެވެ.
ސަރުކާރުން ބުނަމުންދަނީ ޓެކްސްތައް ބޮޑުކުރުމަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިޞާދީ ދަތިކަމުގެ އަސަރު ކުޑަކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.

މިފަހަރު ޓެކުސް ބޮޑުކޮށްފިއްޔާ ޕްރައިވަޓް ސެކްޓަރުގެ ވަޒީފާތަށް ގެއްލޭނެ، އޭގެ ސަބަބުން ވަޒީފާނެތް ދިވެހިން އިތުރުވެ، ވިޔަފާރިތަށް އިނދެޖެހެމުންދާނެ، ޓެކުސް ބޮޑުކުރަންވާނީ ޓެކުސް ޕޭޔަރުންނާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ ލިބޭއާމްދަނީ އިތުރުވާނަމަ https://t.co/nOouVVI6mR
— #TheNationals (@shar_f) October 22, 2022
ޝަރީފް އިތުރަށް ވިދާޅުވީ، ޓެކްސް ބޮޑުކުރަންވާނީ ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ ލިބޭ އާމްދަނީ އިތުރުވާނަމަ ކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހާއިމެދު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުންގެ ޚިޔާލު ދެކަފިވެފައިވާ ކަމަށް ބައެއްފަރާތްތަކުން ބުނި ނަމަވެސް މިކަމުގައިވެސް ޚިޔާލު ތަފާތުވެގެން އުޅެނީ އެޕާޓީގެ ސަރުކާރާއި ދެކޮޅު ފިކުރުގެ ފެކްޝަންގެ މަދު ބައެއްގެ މެދުގައެވެ.
ސަރުކާރުން ބުނަމުންދަނީ ޓެކްސްތައް ބޮޑުކުރުމަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިޞާދީ ދަތިކަމުގެ އަސަރު ކުޑަކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު