ސްޓެލްކޯއިން 12 ރަށެއްގެ މަގު ބައްތި މަރާމާތުކުރުމުގެ މަސައްކަތާއި ހަވާލުވެއްޖެއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ކ. އަދި ވ. އަތޮޅުގެ 12 ރަށެއްގެ ކައުންސިލާއެކު މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

ސްޓެލްކޯއިން މަގުބައްތި ބެލެހެއްޓުމަށް ހަވާލުވެފައިވާ ރަށްތަކަކީ ކ.ގާފަރު، ކ.ދިއްފުށި، ކ.ތުލުސްދޫ، ކ.ހިންމަފުށި ކ.ގުޅީ، ކ.މާފުށީ، ކ.ގުރައިދޫ، ވ.ފުލިދޫ، ވ.ތިނަދޫ، ވ.ފެލިދޫ، ވ.ކެޔޮދޫ އަދި ވ.ރަކީދުއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 12 ރަށެއްގެ 29 މަގު ބައްތިއެއް ބެލެހެއްޓުމާއި އެ ކުންފުނިން ވަނީ ހަވާލުވެފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ، ރަށުގެ މަގު ބައްތިތައް މަރާމާތުކުރުމުގެ މަސައްކަތަކީ ރަށްރަށުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއްކަމަށެވެ. އެހެންކަމުން މިއީ ކައުންސިލްތަކަށް ވަރަށް މުހިންމު އެހީއެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން