ބ. ކަމަދޫގައި މި ސަރުކާރުން ހަދަމުންދާ ބަނދަރުގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، ކަމަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި މި މަސައްކަތުގެ ދަށުން 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލާނެކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 628 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 47.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން