ރާއްޖެއަށް ލިބެންޖެހޭ ސަރަހައްދެއް ހޯދަން މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ފޯޅަވަހީގެ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ރާއްޖެއަށް ލިބެންޖެހޭ ސަރަހައްދެއް ހޯދަން ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އެގޮތުން ކުރީގެ ސަރުކާރުތަކުން ފޯޅަވަހި މައްސަލައިގައި މަސައްކަތްކުރީ ލަގަބުތަކެއް ހޯދައި އިނާމް ހޯދުމަށް ކަމަށް ނިހާދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި މި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެ ލިބެންޖެހޭ ސަރަހައްދެއް ހޯދުމަށް ކަމަށް ނިހާދު ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ ފޯޅަވަހި މައްސަލަ ހައްލު ކުރަންޖެހޭނީ ބައިނަލްއަގުއާމީ މުއާހަދާތަކުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ.

"މިއަދުގެ ސަރުކާރުން އެކަމަަށް ވަކާލާތު ކުރަމުންދާއިރު އަޅުގަނޑުމެން ދައްކަން މިއުޅެނީ ގައުމު ވިއްކާލި ވާހަކަ ނޫން، އަޅުގަނޑުމެންގެ ގައުމުގެ ގޮތުގައި ހެދުމަށްޓަކަށްޓަކައި ކިރިޔާވެސް މަސައްކަތެއް ކުރަނީ އަދުގެ ސަރުކާރުން. ފާއިތުވެދިޔަ އެއްވެސް ސަރުކާރަކުން އެފަދަ މަސައްކަތެއް ކޮށްފައެއް ނެތް. ދައްކައިފިނަމަ އަޅުގަނޑުގެ ސިޔާސީ މަސައްކަތް ހުއްޓާލާނަން." ނިހާދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ވ

25-Oct-2022

މިސަރުކާރުންއުޅެނީހޯދާކަންނޫ އަދިވެސްހޭއަރާކަންނު ޭޭތައުޅެނީދޭން ދެންދޭނީއިންޑިޔާއަށްނުދިއޮތްބާ އިންޑިޔާއަށް



ޓްރެންޑިން