ރާއްޖޭގެ މަސްވެރިންނަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް މި ސަރުކާރުންވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ދެކުނުން އޮންނަ ޗާގޯސްގެ މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ، ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަސްވެރިންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް މި ސަރުކާރަށްވުރެ ބޮޑަށް މަސައްކަތް ކުރި ސަރުކާރެއް އަދި މިހާތަނަށް އައިސްފައި ނުވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ މިފަދައިން ވިދާޅުވީ، ޗާގޮސްގެ އިހުތިސާސްއާއިމެދު ސަރުކާރުގެ ސިޔާސަތު ބައްޓަންކުރިގޮތުން ދެކުނުގެ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް އެކި ފަރާތްތަކުން ބުނަމުން ދާތީ އެކަމަށް އިޝާރަތާ ކުރަށްވައެވެ.

ނަސީރު ވިދާޅުވީ، މަސްވެރިން ބާނާ މަސް ގަންނަ ކެޕޭސިޓީ އިތުރު ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށާއި މިހާރުވެސް ކެޕޭސިޓީ އެތައްތަނެއް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ހައްގުގައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް މި ސަރުކާރުން ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީރު އިތުރަށް ވިދާޅުވީ މިސަރުކާރުން، ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރުވެސް އެހެން ފަރާތަކަށް ދިޔަ ނުދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޗާގޯސްގެ މައްސަލަ ހޫނުވެފައިވާއިރު، ސަރުކާރުން މިހާރުވަނީ އެކަމާގުޅޭ މައުލޫމާތު ހާމަކުރުމަށް މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

އަލީ

25-Oct-2022

އެހެންވީމަތާ ކަނޑުގެ ސަރަހައްދުވެސް ވިއްކާލަން މިއުޅެނީ


2

އާދަމް

25-Oct-2022

ތެދު ވާހަކައެއް މަސްވެރިން ގޮތްހުސްވެ އޮޑިދޯނިފަހަރު ދޫކޮށް އަރާމުކުރުމަށް ޗުއްޓީ ބަހައިގެން ގޭގައި ތިބެން މަޖުބޫރު ވެއްޖެ އެއީ މަސްވެރިންނަށް ޓަކައި ސަރުކާރުން ވާ ގުރުބާނީ ގެ އަގުތޯ؟



ޓްރެންޑިން