ޗާގޯސްގެ މައްސަލާގައި ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ނިންމި ނިންމުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް މިފަދައިން ވިދާޅުވީ، ޗާގޯސްގެ މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމާ ގުޅިގެން އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އެ މައުޟޫއަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި މިއީ މަޖިލީހާއި މަޝްވަރާ ނުކޮށް، މަޖިލީހުގައި އެކަމާއި ގުޅޭގޮތުން ބަހުސް ނުކުރެވި މަޖިލީހުގެ ރުހުމެއްނެތި ރާއްޖޭގެ ބިމުން އެއްވެސްތަނެއް ދޫކޮށްލި ދޫކޮށްލުމެއް ނޫންކަމަށް އަސްލަމް ވިދާޅުވި އެވެ.

އަދި އެފަދަ ނިންމުމެއް ސަރުކާރުން ނުނިންމާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށާއި އެ މައްސަލާގައި ސަރުކާރުން ނެރެފައިވާ ބަޔާންތަކާއި އެކަމުގެ ހަގީގަތް، މަޖިލީހުގެ މެންބަރުން ސާފުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އަސްލަމް މިފަދައިން ވިދާޅުވިއިރު، މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ ޗާގޯސް މައްސަލާގައި ސަރުކާރުން ނިންމި ނިންމުން ކުށްވެރި ކުރައްވާ ވާހަކަ ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަހުމަދު

25-Oct-2022

މީ ހާއިނުން އެމީހުންގެ ސާހިބުންނަށް ކިޔަމަން ވާންޖެހިގެން ނިންމި ނިންމުމެއް


-4

އާދަމް

26-Oct-2022

ރާއްޖޭގެ ސަރަޙައްދުން ބޮޑުބައެއް އެހެންގައުމަކަށް މިލްކު ކޮށްދިނުމަކީ ޚާރިޖީ ސިޔާސަތު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަބައްޓަން ކުރުމުގެ އިޙުތިޞާސު ތެރޭގައި ހިމެނޭ ކަމެއްނޫން އެއީ ދިވެހިންގެ ޙައްގަށް އަރައިގަތުމަށް އަސްލަމު ގާނޫނުގެ މަފުހޫމު ދަސްކުރޭ!



ޓްރެންޑިން