ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެ އިން ނަގާފައިވާ ސްޓޭންޑް ބަދަލުވުމުގައި އިންޑިއާގެ ނުފޫޒު އޮތް ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސަރުކާރަށް ތުހުމަތުތަކެއް ކުރަށްވައިފިއެވެ.

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖެއިން އދ.ގައި ވޯޓު ދޭން އެއްބަސްވެފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އިއުލާނުކުރެއްވުމުން ރާއްޖޭގެ އިމުން ބައެއް މޮރިޝަސްއަށް ދޭން ނިންމި ކަމަށް ތުހުމަތުކޮށް އެމައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ. އެކަމާ ގުޅިގެން މަޖިލީހާއި ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެމައްސަލައިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ބަންޑާރަ ނައިބް ޑރ. މުނައްވަރު ވިދާޅުވީ ސަރުކާރުގެ އެނިންމުމުގެ ފައިދާ ކުރާނީ އިންޑިޔާއަށް ކަމަށެވެ. އެގޮތުން މޮރިޝަސް އަކީ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމަކަށްވާއިރު މޮރިޝަސްގެ އާބާދީގެ ބޮޑު ބަޔަކީ ވެސް އިންޑިއާ ނަސްލުގެ މީހުން ކަމަށްވެފައި މޮރިޝަސްގެ ބޮޑުވަޒީރުކަން ވެސް ކުރައްވަނީ އެ ނަސްލުގެ މީހުން ކަން ޑރ.މުނައްވަރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މޮރިޝަސް އާއި އިންޑިއާއާ އޮންނަ ގާތް ގުޅުމުގެ ތެރެއިން ޗާގޯސް މޮރިޝަސްއަށް ލިބުމަކީ އިންޑިއާއިން ވެސް ބުރަވާނެ ގޮތް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސްޓޭންޑް ބަދަލުކުރަން އިންޑިއާއިން ބާރު އެޅުމަކީ ގާތް ކަމެއް ކަމަށާއި އަދި ގަބޫލުކުރެވެނީ ވެސް އެމަގުން އެކަން ހިނގާފައިވާ ކަމަށް ކަމުގައި މުނައްވަރު ވިދާޅުވިއެވެ.

"އެންމެ ދެކުނުގައި އޮންނާނީ މި ފޯޅަވަހި. އެތަން މޮރިޝަސްގެ ބާރުގެ ދަށަށް ދިޔުމާއެކު އެމީހުންނަށް (އިންޑިއާއަށް) އިންޑިއަން އޯޝަންގެ ކޮންޓްރޯލް އެއްކޮށް ލިބުނީ. އެމީހުންގެ ހުއްދަ ނުލިބި އެ އޯޝަންގެ އެއް ފަރާތުން އަނެއް ފަރާތަކަށް ހުރަހެއް ވެސް ނުކުރެވޭނެ." މުނައްވަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން