ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޕީޕިއެމްގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން އީޔޫގައި އެދިވަޑައިގެންފިއެވެ.
ރައީސް ޔާމިން އެކަމަށް އެދިވަޑައިގަތީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފްދުގެ ބޭފުޅުންނާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ. ޕީޕިއެމުން ބުނީ އީޔޫގެ ވަފުދާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމިން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.
މި ބައްދަލުވުމަކީ އީޔޫގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި މެދު ހުރި ކަންބޮޑުވުންތައް އީޔޫއާ ހިއްސާކޮށްފައިވާ ކަމަށް ޕީިޕިއެމުން ބުނެއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރައްޔިތުންގެ ހައްގުގައި އިދިކޮޅަށް މަޖިލީހުގައި ވަކާލާތު ކުރަން ފުރުސަތު ނެތްކަން ވެސް ހިއްސާކޮށްފައިވާ ކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ. މީގެ އިތުރުން ރަށްރަށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އީޔޫގެ އެހީ ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. މިބައްދަލުވުމުގައި އެޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

President Yameen has met with a high level delegation from the European Union today. At the meeting held on EU's request President Yameen initiated dialogue on presenting better prices for Maldivian tuna products in the EU market & assistance in waste management. 1/2 pic.twitter.com/yXvsYm61HB
— Progressive Party of Maldives (@ProgressPartyMV) October 24, 2022
މި ބައްދަލުވުމަކީ އީޔޫގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި މެދު ހުރި ކަންބޮޑުވުންތައް އީޔޫއާ ހިއްސާކޮށްފައިވާ ކަމަށް ޕީިޕިއެމުން ބުނެއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރައްޔިތުންގެ ހައްގުގައި އިދިކޮޅަށް މަޖިލީހުގައި ވަކާލާތު ކުރަން ފުރުސަތު ނެތްކަން ވެސް ހިއްސާކޮށްފައިވާ ކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ. މީގެ އިތުރުން ރަށްރަށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އީޔޫގެ އެހީ ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. މިބައްދަލުވުމުގައި އެޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު