މިއަދަކީ މަޖިލީހުގެ ތާރީހުގައި ކަޅު ދުވަހެއްކަމަށާއި އިއްޔެއަކީ މަޖިލީހުގައި އަދި މާ ކަޅު ދުވަހެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ޗާގޯސްގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.
ހެއްކާއި ބެހޭ ބިލަށް ހުށަހެޅިފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ އިއްޔެ އަކީވެސް މަޖިލީހުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހިނގި ދުވަހެއްކަމަށާއި، މިއަދަކީ ވެސް މަޖިލީހުގެ ތާރީހުގައި ކަޅު ދުވަހެއްކަމަށެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގައި މުޅި ގައުމުގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް، ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއްކަމަށެވެ.
"ބައެއް ބޭފުޅުން ޗާގޯސްއަކީ އަޅުގަނޑުމެންގެ ތަނެއްކަމަށް ވިދާޅުވާއިރު އެކަމަކު ޗާގޯސް ބަލާ ބޮޑު ލަޝްކަރެއް ދިޔައިރު ރާއްޖެއިން އެކަމަށް ދައުވާކުރާ މީހުން އަޅައެއް ނުލާ. މިކަހަލަ ބައެއް އެހެން ތަންތަންވެސް އެބަހުރި. ޗާގޯސްއަށް ކުރާ ކަހަލަ ދައުވާ ކުރެވޭނެ ކަހަލަ ތަންތަން. ނަމަވެސް ދުނިޔޭގެ ހާލަތު ހުރި ގޮތުން މިއީ ކާމިޔާބުކުރެވެން އޮތް ކަންކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް މިއަދު އޮތީ ކަނޑުގެ ގާނޫނު ފާސްކުރުމުގެ ކުރިން ބޯޑަރުތައް ހުރި ގޮތަށްކަމަށެވެ. އަދި އެކަންކަން ބަދަލުނުކުރަނީ ދުނިޔޭގެ އާއްމު މަސްލަހަތާއި ދުނިޔޭގައި ކަންކަން ހުރި ގޮތުން އެކަންކަން ބަދަލުކޮށްފިނަމަ ނިކުމެދާނެ ބޮޑެތި މައްސަލަތަކުގެ ސަަބަބުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެކިއެކި ވިސްނުންތައް ކުރިއަށް ނެރެންވެގެން ހިތުހުރި ގޮތަކަށް ވާހަކަ ދެއްކުމަކީ މުޅި ގައުމުގެ ގައުމީ ސަލާމަތަށް، ރައްޔިތުންގެ މުސްތަގްބަލް މުޅިން ހަލާކުވެދާނެ ކަމެއްކަމަށެވެ. އަދި މިކަހަލަ ކަންކަމުން މަޖިލީހުގެ މެމްބަރުން ދުރުހެލިވެ ތިބުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު