ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އެންމެ ހުދުމުހުތާރުކޮށް ރައްޔިތުންގެ މަޖިލިސް ހިންގަވާ ރައީސްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ވަނީ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރޮޒައިނާ މިއަދު ރައީސް ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސެއްގެ ވަގުތު އިތުރުކުރުމަށް ރައީސް ނަޝީދު ދެކޮޅު ހެއްދެވިކަމަށް ވިދާޅުވެއެވެ.
"މި މަޖިލިސް، މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ހިނގާނަމަ ހުރިހާ މެމްބަރުންވެސް ވަރަށް އުފާވާނެ. އެހެނެއް ނޫނެންނޫންތޯ ކަންކަން ހިނގަމުންދަނީ. މަޖިލީހުގެ ގަވާއިދަކީ މިހާރު ހަމައެކަނި ކަރުދާހެއްގައި ލިޔެވިފައިވާ އެއްޗެއް. މަޖިލިސް ރައީސްގެ އަތުގައި އޮތް ގަވާއިދާއި މަޖިލީހުގެ މެމްބަރުންގެ އަތުގައި އޮތް ގަވާއިދަކީ ދެ އެއްޗެއްހެންވެސް އެބަ ހީވޭ." ރޮޒައިނާ ވިދާޅުވިއެވެ.
މީގެއިތުރުން ބަހުސްކުރުމަށް ފުރުސަތު ދިނުމުގައިވެސް މެމްބަރުންގެ މެދުގައި ތަފާތު ކުރާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
"މިއަދު ކުރިއަށްދިޔަ މުޅި މަޖިލީހުގެ ކޮމިޓީ ކުރިއަށް ދަނިކޮށް ވަގުތު އިތުރުކުރުމަށް މެމްބަރުން އެދި، ތާއީދު ލިބުމުން ވެސް އެކަން ނުކުރެއްވި." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އޭނާ މަޖިލީހުގައި އިންނަތާ މިހާރު 15 އަހަރުވެއްޖެކަމަށާއި މިހާރު ފެނިގެން މިދަނީ މަޖިލީހުގެ ތާރީހުގައިވެސް އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އެ ވާހަކަ ދައްކަންޖެހޭތީ ހިތާމަ ކުރައްވާކަމަށާއި ވޭފުވެދިޔަ 4 އަހަރު ވެސް ތިބީ ވަރަށް ކެއްކޮށްގެންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު