ގަލޮޅުގައި ސިޓީ ކައުންސިލުން ތަރައްޤީކުރާ ޕާކުގެ ނަމޫނާ މޮޑެލް ދައްކާލައިފިއެވެ.
ގަލޮޅުގައި އޮންނަ ސިޓީ ޕާކު އަލުން ތަރައްޤީކުރާ ގޮތުގެ ޕްލޭން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާއިރު، ސިޓީ ޕާކު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ފެށީ އެ ތަން ރަނގަޅަށް ބޭނުން ނުކުރެވި އޮންނާތީއެވެ.
ސިޓީ ކައުންސިލުން "ސިޓީ ޕާކު"ގެ ޑިޒައިން ދައްކާލާފައިވާއިރު އެތަން ތަރައްޤީކުރަނީ ކުޑަކުދިން ކުޅޭ "ޕްލޭ އޭރިއާ" އަކާއި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކާއެކުވެސްމެއެވެ.
މީގެއިތުރުން ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު ބެލެނިވެރިން އަރާމުކޮށްލަން ކުޑަކުދިން ކުޅޭ ސަރަހައްދުގައި އިށީންނާނެ ޖާގައާއި، ހާއްސަ ތީމަކަށް ހަދާ "ފްލާވާ ސީޓް" އަދި "ލީފް ސީޓް"ވެސް ހިމެނޭނެއެވެ. އަދި ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމެއް އަދި ކަސްރަތު ކުރުމަށް ހިނގާ ޓްރެކަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އައުޓްޑޯ ޖިމެއްވެސް ހުންނާނެއެވެ.
މި ޕާކުގެ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއް ހަދާނެއެވެ. މީގެއިތުރުން 102 ސައިކަލް ޕާކު ކުރެވޭ ޕާކިން ޖާގައެއްވެސް ހަދާނެއެވެ.
ސިޓީ ޕާކު ހުރި ތަނުގައި މީގެކުރިން ވަނީ "ލެޑް ޕާކް" ގެ ނަމުގައި ޕާކެއްވެސް ތަރައްޤީކޮށްފައެވެ. ނަމަވެސް އެތަން ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ވަނީ ހަލާކުވެގެން ގޮސްފައެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާކުގެ ޑިޒައިން pic.twitter.com/gprPLrAY14
— Male' City Council (@MaleCitymv) October 26, 2022
މީގެއިތުރުން ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު ބެލެނިވެރިން އަރާމުކޮށްލަން ކުޑަކުދިން ކުޅޭ ސަރަހައްދުގައި އިށީންނާނެ ޖާގައާއި، ހާއްސަ ތީމަކަށް ހަދާ "ފްލާވާ ސީޓް" އަދި "ލީފް ސީޓް"ވެސް ހިމެނޭނެއެވެ. އަދި ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމެއް އަދި ކަސްރަތު ކުރުމަށް ހިނގާ ޓްރެކަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އައުޓްޑޯ ޖިމެއްވެސް ހުންނާނެއެވެ.
މި ޕާކުގެ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއް ހަދާނެއެވެ. މީގެއިތުރުން 102 ސައިކަލް ޕާކު ކުރެވޭ ޕާކިން ޖާގައެއްވެސް ހަދާނެއެވެ.
ސިޓީ ޕާކު ހުރި ތަނުގައި މީގެކުރިން ވަނީ "ލެޑް ޕާކް" ގެ ނަމުގައި ޕާކެއްވެސް ތަރައްޤީކޮށްފައެވެ. ނަމަވެސް އެތަން ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ވަނީ ހަލާކުވެގެން ގޮސްފައެވެ.
ކިޔުންތެރިންގެ ހިޔާލު