ދެ ރަށެއްގެ ތަރައްގީގެ ދެ މަޝްރޫއެއް އެމްޓީސީސީ އާއި ހަވާލު ކޮށްފިއެވެ.

ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކުރީ ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ހދ. ނޭކުރެންދޫ ބަނދަރު މަސައްކަތެވެ.

ހދ. ނޭކުރެންދޫ ބަނދަރު މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 47.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، 290 މީޓަރ ބްރޭކްވޯޓަރ ޖެހުމާއި، 76 މީޓަރ ޗެނަލް ބްރޭކްވޯޓަރ ޖެހުމާއި، 166 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމުގެ އިތުރުން 212 މީޓަރ އެއްގަމު ތޮށި ޖެހުމާއި 19 މަގު ބައްތި ހަރުކުރުން، އެކްސެސް ޕްލެޓްފޯމް އެޅުން އަދި 1859 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ދެން އެމްޓީސީސީއާއި ހަވާލުކުރި އިންނަމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 220 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 15.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން އިންނަމާދޫ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 45 މީޓަރުގެ 8 ޓީ-ގްރޮއިން ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން އިންނަމާދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށު ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން