ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ދެއްކުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

ރާއްޖެ އާއި ޗާގޯސް އައިލެންޑްސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި މިހާރު އުފެދިފައިވާ ޚިޔާލުތަފާތުވުބްތަކާ ގުޅޭ މައްސަލަ އާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިރޭ ވިދާޅުވީ އެއީ ރާއްޖޭގެ ބައެއް ކަމުގައި ދެކޭނަމަ އެ ވާހަކަ ދުނިޔެއަށް އަޑު އިވޭ ވަރަށް ދައްކަން އެންމެ އެކަށޭނަ ފުރުސަތު ލިބުނީ ރައީސް ޔާމީންގެ ސަރުކާރަށް ކަމަށެވެ. އެއީ 2016 އަދި 2017 ވަނަ އަހަރު ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި މިއަދުވެސް އެ ވާހަކަ ދައްކަވާ ބޭފުޅުން ފުރިހަމަ ހެކި ގެންނެވުމުން އެންމެންވެސް އެ ވާހަކަ ދައްކަންވީ ކަމަށް އިމްރާން ވިދާޅުވިއެެވެ.



ޗާގޯސްގެ މައްސަލާގައި ވެސް އަދި ހާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައި ވެސް ރާއްޖޭގެ ސިޔާދަތީ މިނިވަން ކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް މި ސަރުކާރަކުން ނިންމާފައި ނޯންނާނެ ކަމަށް ރައީސް ސޯލިހް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބުދު ﷲ ވަނީ ރައީސްގެ ވާހަކަފުޅަށް ތާއިދު ކުރަށްވާފައެވެ. އިމްރާން ވިދާޅުވީ ރައީސް ވިދާޅުވެފައިވަނީ ތެދުފުޅެއް ކަމަށާއި އެކަމަށް ހެކިވެވަޑައިގަންނަވާ ކަމަށެވެ. އަދި ޗާގޯސް މައްސަލައިގައި ކަންތައްތަށް ހިނގަމުންދާ ގޮތް އެނގިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ފޯޅަވަހި ލިބުން ހައްގީ ދިވެހީންނަށް ކަމަށް ވިދާޅުވެ ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫން ކަމަށެވެ. ފޯޅަވަހީގައި ބަޑަހަ ޖަހައިގެން މަސްވެރިކަން ކުރަމުން ދިޔައީ ދިވެހީން ކަމަށާއި އެ ތަން ލިބުން ހައްގީ ދިވެހިންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މުޖުތާޒު

02-Nov-2022

މީއަޅެގަމާރެއްތަ ވަޒީރުކަން ދިފާއުކުރަން ތީތަނަކޮޅެއްބޮޑުވަރު ނޫނީ އެޅޭބައިނޭޅިދާނެތީ ތީތަންފުކެއްބޮޑުވަރު


-4

ޢެނެރިކާ

01-Nov-2022

ގައްދާރުން ވަރައްގިނަ



ޓްރެންޑިން