ރާއްޖޭގެ މަސްވެރިން ބާނާ މަސް އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ދެ ގައުމުގެ މެދުގައި މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށް ގެންދަވާފައިވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދު ޝާހިދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީއާއި ބައްދަލު ކުރައްވައެވެ.

ބައްދަލު ކުރެއްވުމަށްފަހު ޝާހިދު މިއަދު ވިދާޅުވީ، ޔޫކޭގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަލީއާއިއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގާތް އެކުވެރި ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ހާއްސަކޮށް ޑިއުޓީއަކާއި ނުލާ ރާއްޖޭގެ ކަނޑުމަސް އެ ގައުމަށް އެތެރެ ކުރެވޭނެގޮތް ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޔޫރަޕްގެ ގައުމެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެވަރެޖުކޮށް އެ ގައުމަށް 29 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޟާމް

02-Nov-2022

އިނގިރޭސިވިލާތަކީ ރާއްޖޭން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޔޫރަޕްގެ ގައުމެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެވަރެޖުކޮށް އެ ގައުމަށް 29 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓު ކުރެއެވެ. މި ލިޔުމުން އެވަރެޖް އަދަދަކީ މަހަކަށް ނޫނީ އަހަރަކަށް ކަން އެނގޭނަމަ ވަރަށް ރަނގަޅުވާނެ.



ޓްރެންޑިން