ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އައްޑޫ ސިޓީ ބަދަލުކޮށްލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހަންކެޑެ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ކޯޒްވޭގެ މަސައްކަތާއި ގުޅުވައި ނިހާދު އިއްޔެ ވިދާޅުވީ، ކޯޒްވޭގެ މަސައްކަތް ބާރަށް ކުރިއަަށް އެބަ ދާކަމަށާއި ބިންހިއްކާ ކުންފުނިން ހިއްކަންޖެހޭ "ބްރިޖު އައިލެންޑް" ހިއްކާ ނިމުމާއެކު "ރާސްލާފައި" ބްރިޖު ނިންމަން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީ މެކުހަށް ޖަހާނެކަމަށާއި އައްޑޫ ސިޓީ ބަދަލު ކޮށްލާނެކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

މި ބްރިޖުގެ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ކުރެޑިޓް ލައިނެއްގެ ދަށުން އެ ގައުމުގެ އެފްކޮންސް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއާއިއެކު އެ ކުންފުނިން ހަދާ މި ބްރިޖުގެ ބޭނުމަކީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅުވާލުމެވެ.

ބްރިޖުގެ ދިގު މިނުގައި 1.4 ކިލޯމީޓަރު ހުންނައިރު މިއީ ހަތަރު ލޭނަށް ހަދާ ބްރިޖެެކެވެ.

ހަންކެޑެ ބްރިޖު ހިމެނޭހެން ހިންގާ އައްޑޫ މަގުހެދުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 77.6 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޢަފީފު

03-Nov-2022

ޙަގީގަތް ލޮލައް ފެންނަން ހުއްޓާ ގަބޫލު ނުކުރުމަކީ ސައިތާނާއަށް އަޅުވެތި ވުމެއް


-6

މޫސާހަލީލު ކެތި

02-Nov-2022

އެމްޑީޕީ ވެރިކަމައް އަންނަ ކޮންމެފަހަރަކު އައްޑޫ ބަދަލު ކުރުމަކީ އެމީހުންގެ ތެރޭގައި ގެންގުޅޭ މަކަރުވެރި ރޭވުމެއް އެރޭވުމައް ބައިއަތު ހިފާ ތިކަހަލަހާއިނުންގެ ނުބައިކަމެއްވެސް ވަކި ކުޑައެއްނޫން ހާއްސަކޮށް އެއަތޮޅުފޭދޫގައި އުޅޭ މަޖުލިސް މެމްބަރަކީ މިމަކަރުގައި މީހުން ޖައަސަން ނިކުމެ ހުރި ހާއިނެއް



ޓްރެންޑިން