އަހުމަދު މަސްނޫމް   1 ނޮވެމްބަރު 2022 - 14:8
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ސުޖާތާ ހަލީމް އައްޔަންކޮށްފިއެވެ.

ސުޖާތާއަކީ ޕެންޝަން އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ އެންމެ ފަހުން ހުންނެވީ ސީއޯއޯގެ މަގާމުގައެވެ. އަދި އެކަމަނާ ވަނީ ވަގުތީ ގޮތުން ސީއީއޯގެ މަގާމުގެ އަހަރެއްހާ ދުވަސްވަންދެން އަދާކޮށްފައެވެ.

ޕެންޝަން އޮފީހުން ބުނީ ސުޖާތާ އެމަގާމަށް އައްޔަަންކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ޕެންޝަން އޮފީހުން ބުނީ ވޯލްޑް ބޭންކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި އަދި އެ ގާނޫނު ތަންފީޒު ކުރުމުގައި ސުޖާތާ އިސް ދައުރެއް އަދާކުރެއްވިކަމަށެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވި ބޭރު މީހެކެވެ. އެނާ މަގާމުން ވަކިކުރީ ސުލޫކީ މައްސަލައަކާ ގުޅިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން