ދައުލަތް ހުއްޓުވާލާފައި ބޭއްވުމުގެ ބާރު ސަރުކާރަށް ރައްޔިތުން ނުދޭކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޓެކްސް ބޮޑުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ދައުލަތް ހުއްޓުވާލުމުގެ ބާރު ސަރުކާރަށް ނެތް ކަމަށާއި އެބާރު ރައްޔިތުން ސަރުކާރަށް ނުދޭކަމަށެވެ.

ރައްޔިތުން ސަރުކާރެއް އިންތިޚާބު ކުރަނީ ފަހަތަށް ދިޔުމަށް ނޫން ކަމަށާއި ގައުމާއި ރައްޔިތުން ގޮވައިގެން ކުރިއަށް ދިޔުމަށް ކަމަށް ސައުދު ވިދާޅުވިއެވެ. ސައުދު ވިދާޅުވީ ދުނިޔެ އޮތީ އިގްތިސާދީ ކާރިސާއެއްގައި ކަަމަށް ބުނެ ޚަރަދު ބޮޑުނުކޮށް ކަންކަން ހުއްޓާލައިގެން ތިބުމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާކަމަށެވެ. އެހެން ނަމަވެސް ދައުލަތެއް ހުއްޓުވާލުމަށްވުރެ ގެއްލުން ބޮޑު އެއްވެސް ކަމެއް ނޯންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

"އިގްތިސާދު ހުއްޓިފައި ދައުލަތުގެ ހަރަކާތްތައް ހުއްޓިފައި ރައްޔިތުންނަށް ހޯދަައިދޭންޖެހޭ ކުރިއެރުންތައް ހުއްޓުވާލައިގެން މިއީ ކްރައިސިސް އޭ ކިޔާފައި، އެހެންވީމަ މިއަދު ރައީސް ސާލިހުގެ ލީޑަރޝިޕްގެ ދަށުން އެމަނިކުފާނު ނެންގެވި ޑިޝިޝަނަކީ ގައުމު ހުއްޓިފައެއް ނޫނޭ އޮންނަންވީ ގައުމު ދާންވީ ކުރިއަށޭ އަޅުގަނޑުމެން ދަރަނި މެނޭޖް ކުރުމާއި އެކީގައި ފައިނޭންސް ބްރޯ ކޮށްގެންް އެ ގާއިމްކުރެވޭ ވަސީލަތްތަކާއި އެ ގާއިމް ކުރެވޭ ޚިދުމަތްތަކާއި އަޕްގުރޭޑްކޮށް އެ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ނަތީޖާއަކީ މާދަމާއަށް ގައުމު ތައްޔާރުކޮށްދެނީ ދުނިޔޭގެ އިގްތިސާދު ރަނގަޅުވާއިރު އަޅުގަނޑުމެން ތިބޭނީ ކުރަންޖެހޭ ވަރަށް ގިނަ ހަރަދުތައް ކޮށް ނިންމައިގެން، އެދުވަހަކަށް ގައުމު މިއޮތީ ތައްޔާރުވެފައޭ މިއަދު ހުއްޓިފައި ތިބެއްޖެއްޔާ މާދަމާއަށް ވެސް މި ކަންކަން އަނެއްކާ މާފަހުން ކުރަން މިޖެހެނީ،" ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ބަޖެޓްގައި ރައްޔިތުންނަށް ދަތިވެފައި ހުރި މުހިންމު ހުރިހާ ދާއިރާތަކަށް އިސްކަންދީފަައިވާ ކަމަށެވެ. އެގޮތުން ޝޯޝަލް ހައުސިން ސްކީމާއި ތައުލީމީ، ސިއްހީ ދާއިރާއަށް މީހުން ބިނާ ކުރުމަށް ކުރާ ހޭދަ ހިމެނޭ ކަމަށް ސައުދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

މޫސާހަލީލު ކެތި

02-Nov-2022

ސައުދު އަކީ ވެސް އަމިއްލަ މަންފާ ޔައް އަމިއްލަރަށާ ރައްޔިތުންނައް ގައްދާރުވެފައި ހުރި ނުބައި މީހެއް



ޓްރެންޑިން