އަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާއި ހަވާލުކޮށްފިއެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމާއި މިހާތަނަށް ހަވާލުވެ ހުންނެވީ މުހައްމަދު ޝުޖާއު އަބްދުލްރަހީމެވެ. އޭނާ އެ މަގާމުން މިއަދު ވަނީ ވަކިކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން، 7 ނޮވެންބަރުން ފެށިގެން އެ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާއި ހަވާލުކޮށްފައިވާކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލާއި ހަވާލުކޮށްފައިމިވަނީ މިހާރު އަރަބިއްޔާ ސްކޫލް ވަގުތީގޮތުން ހިންގަމުންދާ އިމާރާތުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި، ކިޔެވުމަށް ދަރިވަރުންނަށް ދަތިވާކަން ބެލެނިވެރިން ފާހަގަކޮށް މުޒާހަރާކޮށްފައިވަނިކޮށެވެ. އަދި ސަރުކާރުން އެ ސްކޫލަށް އަޅާނުލާކަމަށްބުނެ، އަރަބިއްޔާގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް ވަނީ އަޑުއުފުލާފައެވެ.
މިހާރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އަދި ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ބިމުގައި އަރަބިއްޔާ ހިންގަން ސްކޫލެއް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެެވެ.

ކިޔުންތެރިންގެ ހިޔާލު