މި ސަރުކާރުގެ މެނިފެސްޓޯއާއި އެޖެންޑާ19 ގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީތެރޭ އޮތް ބައިބައިވުންކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ، މި ސަރުކާރުން ތަންފީޒުކުރާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއާއި އެޖެންޑާ19 ގެ މެނިފެސްޓޯގެ ކަންތައްތަކެއް ފުރިހަމަ ވެފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް، އެންމެ އުންމީދު ކުރިވަރަށް ކަންކަން ހާސިލު ވެފައިނުވާކަމަށެވެ.

އަދި އޭގެ މައިގަނޑު ސަބަބަކީ، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރަށްވާފައިވާ ޑީޑީ ވިދާޅުވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ދާދިފަހުން ވިދާޅުވިގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ތެރޭގައި އިދިކޮޅު ޕާޓީއެއްގޮތަށް މަސައްކަތް ކުރާ މެންބަރުންތަކެއް އެބަތިބިކަމަށެވެ.

އެގޮތުން، އެފަދަ މެންބަރުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކާ ހަވަލުކުރާ މަސައްކަތްތައް ލަސްވާކަން ފާހަގަ ކުރައްވާ، މިސާލެއްގެ ގޮތުން ވިދާޅުވީ، އައްޑޫގައި ގޭދޮށު މަސްފެކްޓްރީ އެޅުމަށް ހަވާލުކުރި މެންބަރު އިލްޔާސް ލަބީބުގެ އާއިލީ ކުންފުނިން އެކަން ފުރިހަމަ ނުކުރާ ކަމަށެވެ. އަދި އައްޑޫގެ ލޭންޑްޔޫސްޕްލޭން ހެދުމަށް ހަވާލުކުރީ މަޖިލީހުގެ ނާއިބު ރައީސް އީވާގެ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ކަމަށާއި އެ ކުންފުނިން އެކަންވެސް ފުރިހަމަ ކޮށްފައި ނުވާކަމަށް ޑީޑީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ާލލ

08-Nov-2022

ނާގާބިލުކަމުން



ޓްރެންޑިން