ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް އަމުރު ނެރުނު އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލްއުސްތާޛް އަޙްމަދު ނިހާންގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެ މައްސަލަ އާއި ގުޅިގެން ޖޭއެސްސީ އިން މިއަދު ބުނެފައިވަނީ ނިހާންގެ މައްސަލައާއި ގުޅޭ ރިޕޯޓު އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށާއި، ފުލުހުންގެ ބަޔަކު އާއްމު މީހަކާއެކު އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ގޮސް އަމުރެއް ހޯދުމަށް މަސައްކަތް ކުރިއިރު ފުލުހުންނާއެކު ދިޔަ އާއްމުންގެ މީހާއަށް އަމުރާގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތު ކުރުމުގެ ފުރުސަތު ނިހާން ދީފައިވާ ކަމަށް އެ ރިޕޯޓުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ނިހާންގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ހިލާފަށް ހިންގާފައިވާ އަމަލެއްކަމަށްވާތީ ޖޭއެސްސީގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރުގެ ދަށުން ނިހާނަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން