ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާ ބޭނުންކޮށްގެން ކުރާ އޮޕަރޭޝަން ނުވަތަ ލެޕްރޯސްކޯޕިކް ސަރޖަރީއެއްކޮށްފިއެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑޮކްޓަރުންނާއެކު ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކުރި މިސަރޖަރީއަކީ ރާއްޖެއިން އުތުރުގައި ކުރި މިފަދަ ފުރަތަމަ ސަރޖަރީއެވެ.

ލެޕްރޮސްކޯޕިކް ސަރޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި ސަރޖަރީއެކެވެ.



ކުޅުދުއްފުށީ ހޮސްޕިޓަލްގައި މި ސާޖަރީ ކުރިއަށްދިޔައީ ލެޕްރޮސްކޯޕިކް ސަރޖަރީތަކުގެ ތަޖުރިބާކާރެއް ކަމަށްވާ ސީނިޔަރ ކޮންސަލްޓަންޓް އިން ޖެނަރަލް ސަރޖަރީ، ޑރ. އަބްދުﷲ އުބައިދު އިސްވެ ހުންނަވައިގެންނެވެ. އަދި މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލީ 50 މިނެޓުންނެވެ.

ސަރުކާރުން ވަނީ މި ޚިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް، ނިންމަވާފައެވެ. އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޑރ. އުބައިދު ވިދާޅުވިއެވެ. އެގޮތުން، މި ޚިދުމަތް ކުރިޔަށް ގެންދިޔުމަށް ކުޅުދުއްފުށީގެ ހޮސްޕިޓަލްގެ ޓީމަށް ބޭނުންވާ ތަމްރީނާއި އަދި އެކްސްޕަޓީސް ފޯރުކޮށްދެއްވުމުގައި ދެމިހުންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލްތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިން ސާރޖަރީތައް ފެށިގެން ދިއުމަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ހިދުމަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން