ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގެއެއްގެ ބަދިގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ހުޅުމާލޭ ފޭސް 1 ގެ ލޮޓް ނަންބަރު 10064 އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހުރި ބަދިގެއެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 19:18 ހާއިރު ކަމަށެވެ. އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގައި ބަދިގޭގެ ހުޑާއި ބައެއް ތަންތަން އަނދާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަލިފާން ރޯވީ އެ ގޭ މީހުން ތެޔޮ ތާހެއް އުދާފައި ހަނދާންނެތި ބަހައްޓާފައި ހުއްޓާ އޭގައި ހުޅު ހިފައިގެންކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން