އިމުގެ މައްސަލައިގައި ރާއްޖޭން އެއްވެސް ސަރަހައްދެއް ދޫކޮށްލުމަށް ކޯޓުގައި އެއްބަސްވުން ވެގެންދާނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ދެވޭނެ ފުރުސަތަކަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައާ ގުޅޭގޮތުން ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުން ވެގެންދާނީ މަސްވެރިކަމަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއްކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ގޮތަށްކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރަމުންދާކަމަށެވެ.

ނަޝީދުގެ ބަޔާނުގައި ވަނީ ޗާގޯސްގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވެފައެެވެ. އަދި އެ ސަރަހައްދު ދާއިމީ ގޮތެއްގައި ބެލެހެއްޓުމަށް ރާވަން ޖެހޭ އިންތިޒާމުތައް ރޭވުމަށް ދިވެހި ސަރުކާރާއެކު އިނގިރޭސި ސަރުކާރުން މަޝްވަރާ ކުރަންޖެހޭކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ބަޔާނުގައި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ އެއްވެސް ސަރަހައްދެއް ދޫކޮށްލުން ވެގެންދާނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަށް ދެވޭ ފުރުސަތަކަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތާއި ދެކޮޅަށް ވާހަކަދައްކަވާ ބޭފުޅެކެވެ. އެގޮތުން ޗާގޯސްއަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮންނާނެކަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް އެއްވެސް ސިފައެއްގައި ވަކާލާތު ކުރަށްވާފައެއް ނުވެއެވެ.

ރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއާއި މޮރިޝަޝްގެ ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ސަރަހައްދުން ކުޑަވެސް މިންވަރެއް ގެއްލޭގޮތަށް އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން