ނ. ޅޮހީ މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

އޭނާ މައްޗަށް ފިޔަވަޅު އަޅަން ނިންމީ ކޯޓުގައި ކުރިއަށް ދިޔަ މައްސަލައެއްގައި ހުކުމް ކުރުމުގައި ދައުވާ ކުރި ފަރާތަށް ނަހަމަ ފައިދާ ލިބުނު ކަން ސާބިތުވެގެންނެވެ.

ނ. ޅޮހީ މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ހަސަންމަނިކާއި ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންދިޔަ ހަޟާނަތާ ގުޅޭ މައްސަލައެއްގައި ހުކުމް ކުރި ގޮތާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައެކެވެ.



ޖޭއެސްސީން ބުނީ ރިޔާއަތްކުރަންޖެހޭ ކަންކަމަށް ރިޔާއަތްނުކޮށް ޤަޟިއްޔާއެއް އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކު ޤަޟިއްޔާއެއް ނިންމައި ޙުކުމްކުރުމުގެ ސަބަބުން ޝަރުޢީ ނިޒާމުގެ ތެރެއިން ނަހަމަ މަންފާ ދައުވާ ކުރާ ފަރާތަށް ލިބިފައިވާކަން ސާބިތުވާކަމަށެވެ.

ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކުގެ މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ޚިލާފަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކު ކޮށްފައިވާ ޢަމަލެއްކަމަށެވެ. އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން