އއ،ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ފެރިދޫ ކައުންސިލްގެ މެމްބަރުން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ހަވާލުކުރުމަށް އެމްޑީޕީގެ އޮފީހުގައި މިއަދު ވަނީ ހާއްސަ ރަސްމީއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.



އެމްޑީޕީގެ އޮފީޙުން ބުނީ ފެރިދޫ ކައުންސިލް މެމްބަރުނާއެކު އެމްޑީޕީއަށް ސޮއިކުރި 50 މީހުންގެ މެމްބަރޝިޕް ފޯމް ވަނީ ޕާޓީއާ ހަވާލުކޮށްފައިކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެރިދޫ ކައުންސިލްގެ އިތުރުން، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން