އާރްޓީއެލްގެ ބަހުގެ ޚިދުމަތް ދިނުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އައު ރޫޓެއް އެމްޓީސީސީއިން ކަނޑައަޅައިފިއެވެ.

އެމްޓީސީސީއިން ނިންމާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން R5ގެ ނަމުގައި އައު ރޫޓެއް ތައާރަފް ކުރުމަށެވެ. އެ ރޫޓުން ގުޅުވައި ދެނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފިތުރޯނުމަގު ސަރަހައްދުން، ނިރޮޅުމަގުގައި ހުންނަ މެއިން ބަސްރޫޓާއެވެ.



އެމްޓީސީސީން ބުނީ ރޫޓްއިން ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން އިރުއޮއްސި 18:00 އަށް ޙިދުމަތްދޭނެކަމަށެވެ. އަދި ކޮންމެ 15 މިނެޓަކުން މިރޫޓްގެ ކޮންމެ ބަސް ސްޓޮޕަކުން ޚިދުމަތް ދޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ބަސް ރޫޓްގެ ޙިދުމަތުގެ އަގަކީ ފަސް ރުފިޔާކަމަށާއި އާރްޓީއެލްގެ ވެބްސައިޓް އަދި އެޕްލިކޭޝަންއިން ޓިކެޓް ނެގޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން