ފަނޑިޔާރުކަމަށް ކުރިމަތި ލައްވާ ފަރާތްތަކަށް އެއް ނިޒާމެއްގެ ތެރެއިން ހަލުއިކަމާއެކު އެކަން ކުރެވޭނެ ގޮތަށް "ފަހިރެސް ޕޯޓަލް" ނަމުގައި މަޤާމަށް ކުރިމަތިލުމަށް ޕޯޓަލެއް ތަޢާރަފްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ މި ޕޯޓަލްގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް އައިޑީކާޑް ކޮޕީ، ފޮޓޯ، ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތައް އަދި ތަޖުރިބާއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބޭނުންކޮށްގެން އަމިއްލަ ޕްރޮފައިލެއް ތައްޔާރުކޮށްލެވޭނެ ކަމަށެވެ. އަދި މި ޕްރޮފައިލް ބޭނުން ކުރައްވައިގެން ކޮމިޝަނުން ފަނޑިޔާރުން ހޯދުމަށް ކުރާ އިޢުލާންތަކާއި، ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޖޭއެސްސީން ބުނެއެވެ.

އެއްފަހަރު ތައްޔާރުކުރައްވާފައިވާ ޕްރޮފައިލް ކުރިއަށް އޮތްތަނުގައި އަދާހަމަކޮށް ކޮމިޝަނުން އިޢުލާންކުރާ ވަޒީފާތަކަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކަށް އެންމެ ކްލިކްއަކުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ހަމަމިއާއެކު، ވަޒީފާއާ ގުޅޭ އެންމެހައި އަޕްޑޭޓްތައް މި ޕޯޓަލް މެދުވެރިކޮށް ބައްލަވާލެއްވޭނެކަމަށާއި އެގޮތުން ކޮންމެ އިޢުލާނަކާ ގުޅިގެން، މިހާރު އެ އިޢުލާންގެ ނުވަތަ އެޕްލިކޭޝަންގެ ސްޓޭޓަސްއަކީ ކޮބައިކަން މި ޕޯޓަލްގެ ތެރެއިން ފެނިގެންދާނެކަމަށެވެ. އަދި އާއްމުންނަށްވެސް މި އިއުލާނާ ގުޅިގެން މަސައްކަތް ގޮސްފައިވާ ހިސާބާއި ކުރިމަތިލެއްވި ފަރާތްތަކުގެ ލިސްޓްތައް މި ޕޯޓަލްގެ ތެރެއިން ފެނިގެންދާނެކަމަށްވެސް ޖޭއެސްސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ތިމަންނަ

11-Nov-2022

މުއްސަދިކަމަށް މަގެއް



ޓްރެންޑިން