ކެންދޫ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ނެޓްވޯކް ޕައިޕްތައް އެމްޑަބްލިޔުއެސްސީން އެރަށަށް ގެންގޮސްފިއެވެ.

ބ.އަތޮޅު ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މޭމަހުއެވެ.

މިމަސައްކަތުގެ ކޮންޓެކްޓަރ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއިން ބުނީ ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ނެޓްވޯކް ޕައިޕްތައް އެރަށަށް ގެންގޮސްފައިވާކަމަށެވެ.



މި މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު އެރަށުގައި 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކްއެއް ޤާއިމް ކުރާނެއެވެ.

މި މަސްރޫއުގެ ދަށުން ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ އެއިން އުފައްދާ ފެން ރައްކާކުރުމަށް 3 ތާންގީ ބަހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރަށުގައި 4.88 ނަރުދަމާ ނެޓްވޯކެ ޤާއިމްކޮށް556 މީޓަރުގެ ޕަންޕިން ލައިންއެއް އަޅާ 2 ޕަންޕް ސްޓޭޝަނާ 1 ސީ އައުޓްފޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކެންދޫ ފެނާ ނަރުދަމާގެ މަސްރޫއުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ 56.24 މިލިއަން ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން