ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި 1 ފެބްރުއަރީގައި ހިނގި ކަންތައްތަކާއި ގުޅިގެން އިންޑިއާގެ ސިފައިން ރާއްޖެ ނާރައިގެން މާޔޫސްވެވަޑައިގެންނެވި ކަމަށް މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވިކަމަށް ބުނެ ފަތުރާ ވާހަކައަކީ ދޮގެއްކަން ހާމަވެއްޖެއެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު، އޭރު ޖަލުގައި ތިބި ގިނަ އަދަދެއްގެ ސިޔާސީ ހައްޔަރީން ދޫކޮށްލަން ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، އިންޑިއާގެ ޓީވީ ޗެނަލެއްގައި، އެހާލަތުގައި އިންޑިއާ ސިފައިން ރާއްޖެ ނާރާތީ މާޔޫސްވެވަޑައިގެންނެވިކަމަށް ޝާހިދު ވިދާޅުވިކަމަށް ބުނެ މީސްމީޑިއާގައާއި ބައެއް ނޫސްތަކުން ވީޑިއޯއެއް ފެތުރިއެވެ.

އޭރު ފެތުރި ވީޑިއޯގައި، ރާއްޖޭގައި މިހާރުވެސް އިންޑިއާގެ "ޕްރެސެންސް" ނެތުމުން މާޔޫސްވެވަޑައިގެންނަވާކަމަށް ޝާހިދު ވިދާޅުވެއެވެ. ނަމަވެސް އެއީ އަސްލު އިންޓަވިއުގެ އެއްބައެވެ. އެޑިޓުކޮށް ބައެއް އުނިކޮށްފައިވާ އެ ވީޑިއޯގައި ޝާހިދު އެ ވިދާޅުވީ އިންޑިއާގެ ސިފައިންގެ "ޕްރެސެންސް" ނެތުމުން މާޔޫސްވެވަޑައިގަންނަވާކަން ކަމަށް ދެއްކުމަށް އެކި ފަރާތްތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، އިންޑިއާގެ އެންޑީޓީވީއަށް ދެއްވި އެ އިންޓަވިއު އެއްކޮށް އަޑު އަހާލުމުން ޝާހިދު ވިދާޅުވަނީ އިންޑިއާ ސިފައިން ރާއްޖެ ގެންނަ ވާހަކަ ނޫންކަން ސާފުވެއެވެ.

އެ ވީޑިއޯގައި ޝާހިދު ވިދާޅުވެފައިވަނީ، މިފަދަ ކްރައިސިސްއެއްގެ ތެރޭގައި އިންޑިއާގެ ހާއްސަ އެންވޯއީއެއް ރާއްޖޭގައި ހުރުމަކީ ރާއްޖޭގެ ހާލަތު އިންޑިއާއިން ދެނެގަނެ އޭރުގެ ރައީސާއި ސަރުކާރާއި ވާހަކަ ދައްކައި، އެ ދުވަހުގެ ހާލަތާއި ގުޅިގެން މަޝްވަރާތައް ކުރުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.

އަދި ޝާހިދު ވިދާޅުވީ އެފަދަ ހާލަތްތަކުގައި އިންޑިއާގެ ހާއްސަ އެންވޯއީން ރާއްޖެ އައިސް މީގެ ކުރިންވެސް މަސައްކަތް ކުރައްވާފައި ވާކަމަށާއި އޭރު ވެސް އެފަދަ ބޭފުޅަކު ވަޑައިގެން ނެތުމުން މާޔޫސްވެވަޑައިގަންނަވާ ކަމުގެ ވާހަކައެވެ.



ޝާހިދުގެ މި ވާހަކައިގެ އެއްބައި އުނިކޮށްގެން ފެތުރިބަޔަކު ފެތުރުމާއި ގުޅިގެން ގިނަ ބަޔަކަށް މިކަމުގެ ހަގީގަތް އޮތީ އޮޅިފައެވެ. އެގޮތުން ދާދިފަހުން، ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ދެއްވި އިންޓަވިއުއެއްގައި ވެސް ޝާހިދަށް ނިސްބަތް ކުރައްވާ ވަނީ އެބޭފުޅާއަކީ އިންޑިއާ ސިފައިން ރާއްޖެ ނާރައިގެން ހައިރާންވެވަޑައިގެންނެވި ބޭފުޅެއްކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޟަހީމް

11-Nov-2022

ޢަޖައިބެއް އޭނަ އެވާހަކަ ދެއްކި ވީޑެޯއާއި އޯޑީޢޯ އެއޫތީ


-7

ޟަހީމް

11-Nov-2022

ޢަޖައިބެއް އޭނަ އެވާހަކަ ދެއްކި ވީޑެޯއާއި އޯޑީޢޯ އެއޫތީ


1

އިތުބާރު

11-Nov-2022

މީނޫހަކީ ކޮންމެ ދުވަހަކުހެން އަޅުގަޑު ކިޔާ ނޫހެކެވެ. އެކަމަކު އިންޑިއާ ސިފައިން ރާއްޖެ އަރަން ޝާހިދު ގޮވާނުލާކަން ހާމަކުރުމަށްޓަކައި ކަނޑައެޅިގެން ބޮޑު ދޮގު ޒަހީނުއްދީނު ހަދާފައިވާތީ މިނޫހަށް ކުރިން ކުރިއިތުބާރު އެއްކޮށް ގެއްލި ވަރަށް ބޮޑަށް ފޫހިވެއްޖެއެވެ. އަޅުގަޑު މީނުސްމަތިން ފޫހިވުމަކީ ޒަހީނުއްދީނަށް އުނިކަމެއް އަންނާނެ ކަމެއްނޫނެވެ. އެހާވަރަށް ޝާހިދުއަތުން ލިބިގެންނޫނީ ނޫސްވެރިއެއްގެ މުސްތަގުބަލް ހަރާބެއް ނުކުރާނެކަން އެގެއެވެ. ދިވެހި ނޫސްވެރިން އަޅުދާސްކޮށްގެން މިސަރުކާރުގެ ވެރިން ކުރާ ވައްކަން އޮފްކުރަން މަސައްކަތްކުރާކަމަކީ ގިނަ ރައްޔިތުން ދަންނަ ހަގީގަތެކެވެ. ޒަހީނުއްދީނުމެން ކަހަލަ ނުވަވަނަ ހަސަންރަސްގެފާނުން އަދިވެސް މިގައުމުގައި އުޅޭކަން މިހަބަރުން ވަރަށް ސާފުކޮށް އެގިގެން ދެއެވެ.


1

އަލްމްގިރި

11-Nov-2022

ކަނޑަކޮހާ ތައް ކެހެއި ވަރަށް ދެރަގަން ތެކަން ކެޑެއި. އެކަމަކި ތައް ފަންޑުކެޑެމީހުން އެކެޑެއި ބޭކާރީ ކަމަށް. ތަ ތެލެތީ ބޮޑަ ދޮގައްކަން މިރާއްދެ އެންމެއްޔަށް ގަބޫލުކުރާށިއަ. ތައް ވަރަށް ސަލާމް


0

މާޔޫސް

11-Nov-2022

ރާއްޖޭގައި އިހައްދުވަހު ހިނގި ކަމެއް އޮޅުވައލާން އުޅުމުން ރައްޔިތުންނަށް އިތުރަށް ހާމަވަނީ "ރަސް"އަކީ ނޫސްވެރިކަން ކުރާ ބަޔެއް ނޫންކަމާއި ފައިސާގެ ދަހިވެތިކަމުގައި މި ލާދީނީ ވަގު ސަރުކާރުގެ މަލަމާތި ތިރިކުރަން ޖަރީމާހިންގާ ބަޔެއްކަން. ަ


7

މާޔޫސް

11-Nov-2022

ރާއްޖޭގައި އިހައްދުވަހު ހިނގި ކަމެއް އޮޅުވައލާން އުޅުމުން ރައްޔިތުންނަށް އިތުރަށް ހާމަވަނީ "ރަސް"އަކީ ނޫސްވެރިކަން ކުރާ ބަޔެއް ނޫންކަމާއި ފައިސާގެ ދަހިވެތިކަމުގައި މި ލާދީނީ ވަގު ސަރުކާރުގެ މަލަމާތި ތިރިކުރަން ޖަރީމާހިންގާ ބަޔެއްކަން. ަ



ޓްރެންޑިން